ސަފީރު ގީލާ ޔޫރަޕިއަން ޕާލިމެންޓުގައި ދެއްކެވި ވާހަކަތައް ރިޕޯޓުކޮށްފައިވަނީ އޮޅުވާލައިގެން: މިނިސްޓަރު ހަލީލް

Advertisement

އެންމެ ފަސް

Advertisement

ދިވެހި ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ޔޫރަޕިއަން ޕާލިމެންޓުގައި ދެއްކެވި ވާހަކަތައް ބައެއް މީޑިއާތަކުން ވަނީ އޮޅުވާލާފައި ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ސަފީރު ގީލާ ވިދާޅުވިކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުން ގެނެސްދީފައިވާ ރިޕޯޓުތަކަކީ އޮޅުވާލައިގެން ގެނެސްދީފައިވާ މައުލޫމާތު ކަމަށެވެ.

”ސަފީރަށް ޔޫރަޕިއަން ޕާރލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތްކަމަށާއި މި ސުވާލަލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ޤާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް,“ ޚަލީލް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2022 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ވަނީ ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، ސިއްރު ސިޓީއަކުން ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފަ އެވެ. އަދި މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ސަފީރު ގީލާ ވެސް ވަނީ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ދޮގުކުރައްވާފަ އެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި މައްސަލައިގައި ރާއްޖެއަށް ލިބިފައިވަނީ 47،232 އަކަ ކިލޯމީޓަރު ނުވަތަ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސްއަށް ލިބިފައިވަނީ 45،331 އަކަ ކިލޯމީޓަރެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ޗާގޯސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ