ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާ ކުރުމަށް ސައުދީއާއެކު އެއްބަސްވުމަކަށް

Advertisement

އެންމެ ފަސް

Advertisement

ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށްޓަކައި ސައުދި އަރަބިއްޔާއާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސައުދީގެ ވެރިރަށް ރިޔާދަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެގެ ވަގުތެއްގަ އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައުދީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީގެ ކޮމާސް މިނިސްޓަރު މާޖިދް ބިން އަބްދުﷲ ބިން އުސްމާން އަލް ގަސާބީ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރެވި ބޯޑަރު ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމެންޓްތައް އިތުރަށް ފުޅާ ކުރުމަށް މަގު ފަހި ވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން ވިޔަފާރިއާއި ފަތުރުވެރިކަމާއި އިމާރާތް ކުރުން ފަދަ މުހިންމު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ ގާއުމު ކުރެވިފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ އެހީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުރާސްތާ އިގްތިސޯދީ ވިސްނުންފުޅު ހާސިލް ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީގެ ކޮމާސް މިނިސްޓަރު މާޖިދް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ސައީދާ އިއްޔެ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އިގްތިސޯދީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސޮއި ކުރެވިގެން ދިޔަ އެއްބަސުމާއެކު ދެ ގައުމަށް ވިޔަފާރި ފުރުސަތުތައް ތަނަވަސްވެ އެކުގައި މަސައްކަތް ކުރެވޭނެކަމަށް މިނިސްޓަރު މާޖިދު ވިދާޅުވި އެވެ.

ރާއްޖެ - ސައުދީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ފަތުރުވެރިކަން ސައުދީ އަރަބިއްޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ