އިންޑިޔާ ކަނޑުގެ ސަލާމަތާއި ގުޅޭގޮތުން މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިންޑިޔާ ކަނޑުގެ ސަލާމަތާއި ގުޅޭގޮތުން ރާއްޖެއާއި އޮސްޓްރޭލިއާ އިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ބާއްވާފައި ވަނީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި، އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމުގެ ތެރެއިން ނެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ހާރިޖީ ވަޒީރު ވަނީ، ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފަ އެވެ. އެ ގޮތުން އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން ހިމެނެ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ހާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ކަންބޮޑުވުންތައް ހައްލުކުރުމާއި ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ  އޮސްޓްރޭލިއާ ސަރުކާރުން ފަހިކޮށްދެއްވާ ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އާއި ހާރިޖީ ވަޒީރުގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ހާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ދެއްވަމުން ނެވެ.

ރާއްޖެ - އދ ރާއްޖެ - އޮސްޓްރޭލިއާ އދ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ