ހައިވޭއިން ސޯލާ ޕެނަލްތައް ބަދަލުކުރުމަށް މަޝްވަރާ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ހައިވޭއިން ސޯލާ ޕެނަލްތައް ނަގައިގެން ބަދަލުކުރުމާ ގުޅޭ ގޮތުން ކޮންޓްރެކްޓަރާއި ވޯލްޑް ބޭންކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް، އެންޑް އެނާޖީ ޠާރިޤު އިބްރާހިމް ހާމަކުރައްވައިފި އެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މިނިސްޓްރީގެ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހައިވޭގައި 5.5 މެގަވޮޓްގެ ސޯލާ ޕަވަރ ސިސްޓަމެއް ގާއިމްކޮށްފައިވެ އެވެ. ތައިލެންޑްގެ ”އެންސިސްކޯ“ ކުންފުނިން މި މަސައްކަތް ނިންމާފައިވަނީ ނިމިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ހައިވޭ ބޭނުންކުރާ މީހުންގެ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެތަކެތި އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ނިންމަވާފަ އެވެ. މި ޕެނަލްތަކާއި ގުޅިގެން ބްރިޖްގެ ރީތި މަންޒަރުވެސް ނުފެންނާނެތީ ރައީސް ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ.

މިނިސްޓަރު އިޝާރާތް ކުރެއްވި ގޮތުގައި ވޯލްޑް ބޭންކްއިން އެހެން ކުންފުންޏަކާއި ހަވާލުކުރި މަޝްރޫއުއަކަށްވުމާއި ގުޅިގެން އެ މަރުހަލާ ކުރިއަށް ގެންދިއުމަށް ލަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.  ނަމަވެސް ކޮންޓްރެކްޓަރާއި ވޯލްޑް ބޭންކްއިން ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށް އެބަދާކަން މިނިސްޓަރު ފާހަގަކުރެއްވި އެެވެ.

”ސަރުކާރުގެ އެސެޓަކަށް ނުވާތީ އެއްފަހަރާ އެކަން ކުރަން އުނދަގޫ. ކޮންޓްރެކްޓަރާ ވޯލްޑް ބޭންކާއެކު ވާހަކަދައްކަމުން މިދަނީ، އެހެން ތަނަކަށް ބަދަލުކުރަން ހޭދަވާނެ ފައިސާގެ މިންވަރާއި އެކަން ކުރެވޭނެ ގޮތަކާމެދު.“ މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރު ކަމަށާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން މިދިޔަ އޮކްޓޯބަރު މަހު ވަނީ ސޯލާ ޕެނަލްތައް ބަދަލުކުރުމަށް އިތުރު 11 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބުނެފަ އެވެ. މި ނިޒާމު އެހެން ތަނަކަށް ބަދަލުކުރާނަމަ 170 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް މިދިޔަ އަހަރު އޮކްޓޫބަރުގައި މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ސިނަމާލެ ބްރިޖް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ