ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައި މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުން މުހިންމު ކަމުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ވޯލްޑް ބޭންކުގެ މޯލްޑިވްސް ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް ރިޕޯޓު (ސީސީޑީއާރު) ގެ ލޯންޗިންގ އިވެންޓުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭ ގޮތަށް ތަރައްގީގެ މަސައްކަތްތަކަށް އިސްކަންދީގެން ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ. އަދި ސީސީޑީއާރު ފަދަ މުހިންމު އިސްނެގުންތަކުގެ ތެރެއިން ރާއްޖެއަށް ވޯލްޑް ބޭންކުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައި މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.
އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސީސީޑީއާރު ރިޕޯޓަކީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށާއި، ތަރައްގީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދޭށްދޭނެ ވަސީލަތެކެވެ. އަދި މި ރިޕޯޓުގެ ހޯދުންތަކުން ރާއްޖޭގެ ދުރު މުސްތަގުބަލަށް ރޭވުމުގައި އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރެވޭ ކަމުގައިވެސް މިނިސްޓްރީން ބުންޏެވެ.
މި އިވެންޓުގައި ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ރިޕޯޓަކީ ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާއި ތަރައްގީގެ ދާއިރާގައި ހުރި ގޮންޖެހުންތެހުންތަކާއި ފުރުޞަތުތައް ދެނެގަތުމަށް ތައްޔާރުކޮށްފައިވާ މުހިންމު ދިރާސާއެކެވެ.
ވޯލްޑް ބޭންކް މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
