ތިލަފުށީގައި ރޭސިން ޓްރެކަކާއި ޑްރިފްޓިން ޓްރެކެއް

Advertisement

އެންމެ ފަސް

Advertisement

ތިލަފުށީގައި ރޭސް ޓްރެކަކާއި ޑްރިފްޓް ޓްރެކްއެއް އެޅުމަށް ބިން ހޯދުމަށް ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމަތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރާފިއު ވިދާޅުވީ ރޭސިން ޓްރެކަކާއި ޑްރިފްޓިން ޓްރެކެއް އެޅުމަށް ބޭނުންވާ ބިން ތިލަފުށިން ހޯދުމަށް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ހައުސިން މިނިސްޓްރީއަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ.

ރޭސިން ޓްރެކަކާއި ޑްރިފްޓިން ޓްރެކްއެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެކެވެ.

މިނިސްޓަރު ވިދާޅުވީ ރޭސިން އަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކަކީ އެންމެ ރައްކާތެރި ބިންތަކެއް ނޫން ކަމަށެވެ.

މިނިސްޓަރު ރާފިއު ވަނީ ރޭސިން އެސޯސިއޭޝަން އާއި ޑްރިފްޓިން އެސޯސިއޭޝަންއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާ އެ ދެ އެސޯސިއޭޝަނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އޮޅުން ފިލުވާފަ އެވެ.

މިހާރު ރޭސިން އަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިންތައް އެޗްޑީސީން ވަނީ އަތުލާފަ އެވެ. އެއީ މާލެއާއި ހުޅުމާލޭގައި މިހާރަކަށް އައިސް ރޭސްކާރު ތަކުގެ ސަބަބުން ހިނގާ އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވަމުން ދިއުމާއި ފުރާނަ ގެއްލެމުން ދާތީ އެވެ.

ހައުސިން މިނިސްޓްރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ތިލަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ