ގަވާއިދުތަކަށް ގެންނަ ބަދަލާއި އެއްކޮށް އީޕީއޭގެ މަސައްކަތް ހަލުވި ކުރެވޭނެ: މިނިސްޓަރ ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

ގަވާއިދުތަކަށް ގެންނަ ބަދަލާއި އެއްކޮށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ މަސައްކަތްވެސް ހަލުވި ކުރެވޭނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އީފީއޭ މަޖިލީހަށް ހާޒިރުކުރުމުން އެ އިދާރާއިން ބުނީ ޖޫރިމަނާތައް ހޯދުމުގެ ބާރު އެ އިދާރާއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެކަމުގައި ހުރި ގާނޫނީ ހުރަސްތަކުގެ ކަންބޮޑުވުންތައް އެ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އީޕީއޭ އިން މަޖިލީހާ ހިއްސާކުރި އެވެ.

”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވަނީ އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާތައް ނެގުމަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޯޓު ފަހަރު ފަރުތަކަށް އެރުމާއި ގުޅިގެން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ޖޫރިމަނާތައް ކުރުމަކީ ކުރީއްސުރެވެސް އީޕީއޭ އިން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި 2011 ވަނަ އަހަރުގައި ކޮށްފައިވާ ޖޫރިމަނާގެ މައްސަލަތައް އަދިވެސް ނުނިމި އެބަހުރިކަން ކަންބޮޑުވުމާއި އެކު މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭރުުގެ ޤާނޫނުތައް ހުރި ގޮތުން، ޖުރިމަނާތައް ކުރުމުގެ ބާރު ލިބެނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ކަމަށެވެ. އަދި އެ ޖުރިމަނާތައް ކޮށްފައިހުރީވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ މެންޑޭޓްގެ ދަށުން، އެ މިނިސްޓްރީން ކަމުން، އެ ފައިސާ ހޯދުމުގައި އުދަނގޫތައް ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކަން އެގޮތަށް އޮތުމުން އޭރުގެ ޖޫޫރިމަނާތަކުގެ ފައިސާތައް ހޯދުމުގެ ޤާނޫނީ ބާރެއް އީޕީއަކަށް ލިބިގެނެއް ނުވެ އެވެ.

”މިސާލަކަށް ބޯޓެއް ފަަރަށް އެރީ. އަސްލު ހަގީގަތުގައި އީޕީއޭއަށް އެކަމުގައި ފައިން ނެގެން ފެށޭނީ އެ ބޯޓު ފަރުން ނަގާ ތަނުން. ބޯޓު ފަރުގައި އޮތްހާހިނދަކު، އެ އޮންނާނެ. އެތަނަށް އޮތް ގެއްލުމެއް ނުބެލޭނެ ބޯޓު ފަރުގައި އޮތްހާހިނދަކު. އެހެންވީމާ، މިއީވެސް (ޖޫރިމަނާ ކުރުމުގެ) މައްސަލަ ލަސްކޮށްދޭނެ ކަންތައްތައް.“

މިިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމަށްޓަކައި، ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަ އިސްލާހުތަކާއެކު އީޕީއޭއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވާއިރު މިިދިޔަ މަހުގައި މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީއަށް އީޕީއޭ ހާޒިރުކުރުމުން އީޕީއޭ އިން ބުނީ އެ އިދާރާއަށް ޖޫރިމަނާތަކުގެ ފައިސާ ދައުލަތަށް ނުހޯދެނީ ބައެއް ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ. އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީް އީޕީއޭއަށް މައްސަލަ ހިފައިގެން ދާންޖެހޭ ތަންތަނަށް ދިއުމުގެ ބާރު ނެތި، ކޮންމެ ފަހަރަކު އެޓާނީ ޖެނެރަލްއަށް ދަންނަވަން ޖެހުމުން މައްސަލަތައް އޭޖީ އޮފީހުގައި ފުނި ޖެހިގެންދާ ކަމަށެވެ.

މީގެ އިތުރަށްވެސް، ބޭރުގެ ކުންފުނިތަކާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލައިގައި ވަކާލާތު ކުރަން  ”ބޮޑެތި ލޯޔަރުން“ އަންނަ ކަމަށާއި އީޕީއޭގެ މައްސަލަ ކުރިއަށްގެންދާނެ ލޯޔަރެއް ނެތް ކަން ނައީމް ފާހަގަކުރެއްވި އެވެ.

އީޕީއޭ މިނިވަން ނުކުރި ނަމަވެސް، އެ އިދާރާ ބާރުވެރިކުރުވާނެ ކަމަށް މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައި ވެއެވެ. މިނިސްޓަރު ވަނީ ތިމާވެށްޓާއި ބެހޭ ވުޒާރާގައި ތިއްބެވި ދާއިރާގެ އިލްމު ލިބިފައިވާ ޓެކްނިކަލް ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ކުރިއަށް އޮންނަ ތަނުގައިވެސް އެ ވުޒާރާ އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ