އަދީބު ކިޔާދެއްވީ ރައީސް މުއިއްޒު ދެކެ ޔާމީން ރުޅި ދުރުވި އެހެން ވާހަކައެއް!

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެ މާ ކުރީގައި ރުޅި ދުރުވި ހާދިސާއެއްގެ ވާހަކަ، ކުރީގެ ޓުއަރިޒަމް މިނިސްޓަރު ހާމަކުރައްވައިފި އެވެ.

އަދީބު މިކަން ހާމަކުރެއްވީ އެނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އަދީބު މައިގަނޑު ގޮތެއްގައި ދައްކަވާފައިވަނީ ޔާމީން ވިދާޅުވަމުންދާ ބްރިޖްގެ އެއް ލޭން މަދުވާ ވާހަކައަށް ރައްދުދެއްވާފަ އެވެ. ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަންކުރެއްވި އަދީބު ވަނީ ރައީސް މުއިއްޒުގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ. އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ތައުލީމު ހާސިލުކުރައްވާފައިވާ ރައީސް މުއިއްޒު އޭރު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ.

މިވާހަކަތަކުގެ ތެރެއިން އަދީބު ވަނީ ޔާމީން ރައީސް މުއިއްޒުދެކެެ ރުޅިދުރުވި އެއް ސަބަބު ހާމަކުރައްވާފަ އެވެ. އެގޮތުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ޔާމީންއާއި ރައްޓެހި ގޭންގެއް ސްކޫލު ކުއްޖެއް މަރާލުމާއި ގުޅިގެން ރައީސް މުއިއްޒު ޕާކެއް ބަންދުކުރެއްވި ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބް އިޝާރަތްކުރެއްވީ ހެންވޭރު ލޮރެންޒޯ ޕާކް، ބަންދުކުރުމަށް އޭރު ނިންމި ނިންމުމަށެވެ.

އެކަމާއި ގުޅިގެން ޔާމީން ރައީސް މުއިއްޒަށް އޭރު ގުޅުއްވާ، ވަރަށް ”ހަޑިކޮށް އެއްޗިސް ކިޔުއްވި“ ކަމަށް އަދީބު ހާމަކުރެއްވި އެވެ. އެއާއެކު، ރައީސް މުއިއްޒު، ރައީސް ވަހީދުގެ ކެބިނެޓްގައި އެވާހަކަ ދެންނެވި ފަހުން ރައީސް ޔާމީން ރައީސް މުއިއްޒާއި ދޭތެރޭ ހުންނަވަނީ ”ޒާތީ ގޮތެއްގައި“ ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު އިތުރަށް ވިދާޅުވި ގޮތުގައި އެފަހަރު އެމްޑީއޭގެ ފަރާތުން ރައީސް މުއިއްޒުގެ ނަން ހުށަނޭޅުއްވިނަމަ، އޭރުގެ ހައުސިން މިނިސްޓަރު ކަންވެސް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާނެ އެވެ.

އަދީބު ވިދާޅުވިގޮތުގައި ބްރިޖްގެ މަސައްކަތް ފެއްޓެވިއިރު ޔާމީން، ރައީސް މުއިއްޒު އިކޮނޮމިކް ކައުންސިލުގައި ބައިވެރިނުކުރެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ