ފެންނަނީ ރައީސް މުއިއްޒުގެ މޭސްތިރިކަމުގައި ނިމިފައިވާ ތަރައްގީގެ ދާއިމީ ބިނާއެއް: މެންބަރު ޒަމީރު

Advertisement

އެންމެ ފަސް

Advertisement

ފެންނަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގައި ނިމިފައިވާ ތަރައްގީގެ ދާއިމީ ބިނާއެއްކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ އެކްސްގައި މަލީހު ޖަމާލު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. މަލީހު ވަނީ ރައީސް މުއިއްޒު ސިނަމާލެ ބްރިޖާއި ގުޅިގެން ދޮގު ހަދާފައިވާ ކަމަށާއި ވަގުތުން މާފަށް އެދެން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

ޒަމީރު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ހިންގި އެންމެ މުހިންމު މަޝްރޫތަކުގެ މަސްއޫލިއްޔަތު އުފުއްލަވާފައިވަނީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް މުއިއްޒު ކަމަށެވެ. އަދި އެމަނިކުފާނުގެ މާލިމީކަމުގައި ދިވެހި ރައްޔިތުންނަށް ލިބުނު ތަރައްގީއަކީ އޭރުގެ އެއްވެސް މީހަކު ދެބަސްވެ ދޮގު ކުރާނެކަމެއް ނޫން ކަމަށް ޒަމީރު ވިދާޅުވި އެވެ.

އަސާސެއް ނެތް ތުހުމަތުތަކަށް ފޯކަސް ނުކުރުމަށް ޒަމީރު ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން، ފެނިގެން ދަނީ ރައީސް މުއިއްޒު މި ގައުމަށް ގެނެސްދެއްވި ތަރައްގީގެ އެންމެ ބޮޑު މަޝްރޫ ފުރިހަމަ ކުރުމުގެ މޭސްތިރިކަން ފާހަގަކޮށްލެވޭ، ކުރިއެރުމާއި ތަރައްގީގެ ދާއިމީ ބިނާއެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު މަލީހް ޖަމާލް ސިނަމާލެ ބްރިޖް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ