ބްރިޖް ލޭނުގެ ވާހަކައިން ސަރުކާރުގެ ފޯކަސް ގެއްލުވައެއް ނުލެވޭނެ، ދަރަނިތައް ދައްކަމުން ދާނީ ކުރިއަށް: މިނިސްޓަރު އާދަމް ޝަރީފް

Advertisement

އެންމެ ފަސް

Advertisement

ބްރިޖް ލޭނެއްގެ ވާހަކަ ދައްކައިގެން ސަރުކާރުގެ ފޯކަސް ގެއްލުވާ ނުލެވޭނެ ކަމަށާއި ދަރަނިތައް ދައްކަމުން ސަރުކާރު ދާނީ ކުރިއަށް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބްރިޖުން ލޭނެއް މަދުވިކަމަށް ދައްކަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަދި ފާއިތުވި ހަ އަހަރު ވަންދެން އެ ވާހަކަ ނުދެއްކީ ކީއްވެގެންތީ މިނިސްޓަރު ވަނީ ސުވާލު އުފައްދާފަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައިވެސް ދޮގު ހަދައިގެންވެސް އެތަށް ވާހަކަތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ފަތުރަމުން ދިޔަ އިރުވެސް ބްރިޖުގެ ލޭނެއް މަދުވި ވާހަކައެއް އެއްވެސް މީހަކު ނުދައްކާކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ލޭން މަދުވިނަމަ ކީއްވެ ޗައިނާއިން އެވާހަކަ ނުދައްކަނީ؟ ތިޔަ ދައްކާ ދޮގު ވާހަކައަކުން ސަރުކާރުގެ ފޯކަސް ގެއްލުވައެއް ނުލެވޭނެ!

އާދަމް ޝަރީފް ވިދާޅުވީ ދަރަނިތައް ދައްކަމުން ސަރުކާރު ދާނީ ކުރިއަށް ކަމަށާއި ކެތްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ވަޑައިގަތުމުގެ އަޒުމުގައި ހުންނެވިކަން ރައީސް މުއިއްޒު ސާބިތުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މިނިސްޓަރުގެ އުންމީދަކީ ދަރަނިތައް ދެއްކި ގައުމާއި ރައްޔިތުންނަށް ތަނަސް ދުވަސްތަކެއް އަވަހަށް ފެނުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ސިނަމާލެ ބްރިޖް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ