ސިއްހި ފަރުވާއަށްފަހު، ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ހޯމަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ދަތުރުފުޅަކީ ސިއްހީ ފަރުވާއަކަށް ކުރައްވާ ދަތުރުފުޅެއްކަން ހާމަކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ފުރާވަޑައިގަންނަވަނީ ކުރިން ހެއްދެވި ”ސާޖަރީއެއްގެ ފޮލޯއަޕް“ އެއް ހެއްދެވުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ އިދިކޮޮޅުން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ފަތުރާ ދޮގުތައް، ތަފްސީލީ ގޮތެއްގައި ހާމަކުރައްވާފަ އެވެ. އެގޮތުން އާރަށަށް އެމަނިކުފާނު ވެއްޓިގެން، ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެއްވިކަމަށް އިދިކޮޅުން ފަތުރާ ވާހަކައިގެ ގިނަ ދޮގުތަކެއް އެކުލެވޭކަމަށް ރައީސް ވިދާޅުވި އެވެ.

”ކޮންމެ ދުވަހަކުވެސް އަޅުގަނޑާއި ބެހޭގޮތުން ބައިވަރު ދޮގުތައް ހުރޭ. އޭގެ ތެރެއިން އެެއް ދޮގަކީ އަޅުގަނޑު ވ. އާރަށުގައި ފާހާނާގައި ހުއްޓާ ވެއްޓުނީ. ރޭގައި މަޖީދިއްޔާ ސްކޫލުގައި އިވެންޓް ނިންމާލާފައި އައިއްސަ އަޅުގަނޑަށް ވަރަށް ބޮޑަށް މައިގްރެއިން އައި ކަމަށްވޭ. ސިވިއާ މައިގްރޭންއެކޯ އެއީ. އައިސްގެން މިރޭ އަޅުގަނޑު އެބަ ފުރަން ސިންގަޕޫރަށް. ތެދު އެބަހުރި މީގަ. ތެދަކީ އަޅުގަނޑު މީގެ ދެ ތިން ދުވަސް ކުރިން ދިޔައިން ހޮސްޕިޓަލަށް“

އެ ރޭގެ ޖަލްސާގައި ރައީސް ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތަކުގެ ތެދުތައް ކިޔައިދެއްވާފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މާބޮޑަށް ކުޅިވަރު ކުޅުއްވާ ބޭފުޅަކަށް ވެވަޑައިނުގަތަސް، ހަފްތާއަކު އެއްފަހަރު އާރަށުގައި އޮންނަ ދަނޑަށް ވަޑައިގެން ފުޓްބޯޅަ ކުޅުއްވަން މަސައްކަތް ކުރައްވާ ކަމަށެވެ. އެ ކުޅިވަރު ކުޅުއްވުމުގެ ތެރެއިން ލިބުނު އަނިޔާއެއް އެތާގައި ތިއްބެވި ބޭފުޅުންނަށްވެސް ފެނުނު ކަމަށް ރައީސް ވިދާޅުވި އެވެ.

”އަޅުގަނޑު އެރޭ ހޮސްޕިޓަލަށް އައިން ދަންވަރު ވަނިކޮށް. ވަންއިރުުގައި އެތައް ބަޔަކަށް ފެންނާނެ. އެހެންވީމާ، ހޮސްޕިޓަލަށް އައިއްސި ނޫންތޯ. ވެއްޓިގެނެއް ނޫން މި އުޅުއްވަނީކީ. އެ އޮތީ ދޮގު ބައި އައިއްސަ ނޫންތޯ. ދެން ޑޮކްޓަރާއި ހަވާލާދީ، ޑޮކްޓަރެއް އެއްވެސް މައުލޫމާތެއް ނުދޭ. އެ އޮތީ ދޮގު. އެހެންއައިސް ބައިވަރު ދޮގު އޭގެ ތެރެއަށް އިތުރުވެގެންދިޔަ. އެއްވެސް ވަރަކަށް ބައްދަލެއް ނުވޭ. އެއްވެސް ވަރަކަށް ސީރިއަސް ޑިސްކަޝަނެއްގެ ފުރުސަތު ނުލިބޭ“

ރައީސް ވިދާޅުވި ގޮތުގައި ޖެހިގެން އައިރޭގަ އެމަނިކުފާނު ކެފޭއެއްގައި އިން މަންޒަރު އާންމުވުމާއެކު، އިދިކޮޅުން ފަތުރަމުން އައި ދޮގުތައްވެސް ބަދަލުވި ކަމަށެވެ.

މަޖީދިއްޔާ ސުކޫލްގެ އިވެންޓު އޮތް ރޭގެ ހަފްލާ ނިންމާލުމާއެކު ސިވިއާ މައިގްރޭންއެއް ކުރިމަތިވިކަމަށް ދެކެވޭ ވާހަކައަށްވެސް އެމަނިކުފާނު ރޭގެ ޖަލްސާގައި ވަނީ ރައްުދު ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ސިވިއާ މައިގްރޭންއެއް ކުރިމަތިވިކަމަށް ފަތުރާ ވާހަކައަކީ ބޮޑު ދޮގެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކޮންގްރެސް ޕާޓީ ސިންގަޕޫރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ