ޑޮލަރުން ޓެކްސް ނެގުމަށް މަޓާޓޯއިން ތާއީދުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޑޮލަރުން ލިބޭ އާމްދަނީ އިން ޑޮލަރުން ޓެކްސް ނެގުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ތާއީދުކޮށްފި އެވެ.

މަޓާޓޯއިން މިކަމަށް ތާއީދު ކުރާކަން ހާމަކޮށްފައިވަނީ އެ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

މަޓާޓޯއިން ބުނީ ޑޮލަރުން ލިބޭ އާމްދަނީ އިން ޑޮލަރުން ޓެކްސް ނެގުމަކީ މުހިންމު ކަމެއްކަމަށް ގަބޫލު ކުރާ ކަމަށާއި އެއީ ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމެއް ކަމަށެވެ.

ސަރުކާރުން ވަނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އިންކަމް ޓެކްސްއާއި ޕެންޝަންގެ އިތުރުން ކަސްޓަމްސް ޑިއުޓީ ނަގާއިރު ޑޮލަރުން ނެގުމަށް ނިންމާފަ އެވެ. އަދި ގްރީން ޓެކްސްއާއި އެއާޕޯޓް ޑިވަލޮޕްމެންޓް ޗާޖު ބޮޑުކޮށް ޖީއެސްޓީ ނަގާ އުސޫލު ”ޑެސްޓިނޭޝަން ޕްރިންސިޕަލް“ އަށް ބަދަލު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މަޓާޓޯއިން ވަނީ ސަރުކާރުގެ މި ނިންމުންތައް ބަލައިގަނެ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަކީ ކުރަން ޖެހޭ ކަމެއް. އެއީ އިގްތިސޯދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ގަބޫލުކުރެވޭ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް އިގްތިސޯދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދުރު ވިސްނުންފުޅަށް މަޓާޓޯއިން ތާއީދު ކުރާކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މަޓާޓޯއިން ބުނީ ހަރުދަނާ މާލީ ސިޔާސަތުތަކެއް ވަރަށް މުހިންމު ކަމަށާއި މާލީ ނިޒާމުގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނެވޭ ފަދަ އިސްލާހުތަކެއް ގެނައުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ މި މަސައްކަތުގައި މަޓާޓޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ