ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް، ބ. ކަމަދޫގެ މަޝްހޫރު ނެށުންތެރިޔާ ޒާރާއާއި ކައިވެނި ބައްލަވައިގަންނަވާ ތާރީހު ޖަވިޔަންޏަށް ކަށަވަރުވެއްޖެ އެވެ.
ޖަވިޔަންޏަށް މައުލޫމާތު ދިން ޝިޔާމްގެ ވަރަށް އަރިސް މީހަކު ބުނި ގޮތުގައި ޝިޔާމް އާއި ޒާރާގެ ކައިވެނި އޮންނާނީ އޮކްޓޫބަރު 10 ގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ތާރީހުގައި ކައިވެނި ކުރަން ނިންމާފައިވަނީ ޝިޔާމް އަކީ 10 އަކަށް ވަރަށް ލޯބި ކުރާ ބޭފުޅަކަށްވުމުންނެވެ.
ޒާރާ ޝިޔާމްއާ ކައިވެނި ކުރުމަށް ރަން ކިޔާފައިވަނީ ދެ ގެސްޓްހައުސްއަށްކަންވެސް ޖަވިޔަންޏަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މި ދެ ގެސްޓްހައުސްއަކީ ޒާރާއަށް ގެސްޓްހައުސްއަކާއި އޭނާގެ ދައްތައަށް ގެސްޓްހައުސްއެއްކަމަށްވެ އެވެ.
މި ކައިވެނި އޮންނާނީ މާލެ އަތޮޅުގެ ރިޒޯޓެއްގަ އެވެ. އަދި ކައިވެންޏަށް ފަހު ރ. އަތޮޅު ރިޒޯޓެއްގައިވެސް ޕާޓީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޝިޔާމް މިހާރުވެސް އުޅުއްވަނީ ދެ ބޭފުޅުންނާ ކައިވެނި ބައްލަވައިގެންނެވެ.
