ރިހެބިލިޓޭޝަން ފުރިހަމަކުރާ މީހުންނަށް އިތުބާރުކުރަން އެންޑީއޭގެ ބޯޑުގެ ޗެއަރމަން ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެ އެވެ.
ލުބްނާ މިހެން ވިދާޅުވީ ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން މިއަހަރު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގް ކޯޓުން ބޭއްވި ހާއްސަ ހަފްލާ ޝަފަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލުބްނާ ވަނީ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއިއެކީ ނިންމާ ފަރާތްތަކާއި މުޖުތަމައުއާއި ގުޅުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ. މުޖްތަމައު ތަރުތީބުވެގެން އެންމެން އެކުގައި މަސައްކަތްކޮށްގެން ހަރުދަނާ ޖީލެއް މިގައުމުގައި ބިނާކުރެވޭނެ ކަމަށާއި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް އެބައޮތް ކަމަށްވެސް ލުބްނާ ވިދާޅުވި އެވެ.
”ކާމިޔާބުކަމާއި އަބުރުވެރިކަމާއި އެކު މުޖްތަމައުއަށް ގުޅުމުގައި މުޅި މުޖްތަމައުގެ ތަރުހީބާއި އިހްތިރާމް މިފަރާތްތަކަށް ބޭނުންވޭ، މިފަރާތްތަކަށް ހަމަޖެހިމާއި އިތުބާރާ މުޖްތަމައުގައި އުޅުމުގެ ފުރުސަތު އެ ފަރާތްތަކުގެ އާއިލާއިން ދިނުމަށް އަޅުގަނޑު ގޮވާލަން.“
މީގެ އިތުރަށްވެސް، ލުބްނާ ވަނީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ލުބްނާ ވިދާޅުވީ ސަރުކާރުން އެން.ޑީ.އޭގެ މަސައްކަތަށް އަދި މަސްތުވާތަކެތީގެ ފަރުވާދޭ ނިޒާމްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރާ ހޭދަވަނީ އެތަކެއް ގުނައެއް އިތުރުކޮށްފައި ކަމަށާއި މިއީ މިސަރުކާރުން މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި ދެއްވާ އަހަމިއްޔަތާ މުހިންމުކަމުގެ ހެއްކެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެން.ޑީ.އޭ އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ މިތިބީ އަތުގުޅާލައިގެން މިކަމުގައި ފަހަތަކަށް ނުޖެހޭނެކަން ލުބްނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މަސްތުވާތަކެތި