ޑަބްލިޔުއެޗްއޯ އިން މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއް ގޮތުގައި އިއުލާންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއް ގޮތުގައި އިއުލާންކޮށްފި އެވެ.

ޑަބްލިޔުއެޗްއޯއިން ޕަބްލިކް ހެލްތް އިމަޖެންސީ އިއުލާންކުރާނީ މުޅި ދުނިޔެއަށް ސިއްހީ ނުރައްކަލެއް ކުރިމަތިވުމުން ނެވެ.

މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ކޮންގޯއާއި ކައިރީގައިވާ އެހެން ގައުމުތަކަށް މިހާރު މި ބަލި ފެތުރިފައިވާ ކަމަށް އެފްރިކާ ސެންޓާސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފައި ވެއެވެ. 1970 ވަނަ އަހަރު މި ބަލި އެންމެ ފުރަތަމަ އިންސާނެއްގެ ގައިން ފެނިފައިވަނީވެސް ކޮންގޯއިން ނެވެ.

މަންކީ ޕޮކްސްގެ އަލާމާތްތަކަކީ ލިމްފް ނޯޑްސް ދުޅަކޮށް، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހިި ނެގުމެވެ. މި ބަލި ޖެހޭ ބައެއް މީހުން މަރުވުން އެކަށީގެންވެ އެވެ. އަދި މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބަލިއެކެވެ. މިއީ ގައިންގަޔަށް އަރާ ބަލިއެކެވެ.

މި އަހަރުގެ މިހާތަނަށް އެފްރިކާ ބައްރުގައި 15،000 އަށް ވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިފައިވާއިރު މި ބަލީގައި 461 މީހުން މަރުވެފައިވެ އެވެ. މި ވައިރަސްގެ އެހެން ބާވަތެއް 2022 ވަނަ އަހަރު ފެނި، 100 އަށް ވުރެ ގިނަ ގައުމުތަކަށް ބަލި ފެތުރިފައިވެ އެވެ. ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ބުނީ މިބަލި ބޮޑު ތަނުން ފެތުރުނީ ޖިންސީ ގުޅުމުގެ ޒަރީޔާއިން ކަމަށެވެ. އޭރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ބައިނަލްއަގްވާމީ ކަންބޮޑުވުމެއްގެ ގޮތުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މިހާރު އެ ހާލަތު ވަނީ މުޅި އެފްރިކާ ބައްރުގައި އިއުލާންކޮށްފަ އެވެ.

ޑަބްލިއުއެޗްއޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ