ޣައްޒާގެ 15،600 އަށް ވުރެ ގިނަ މީހުނަށް ޚާއްސަ ފަރުވާ ބޭނުންވޭ: ސިއްހަތު ޖަމިއްޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޣައްޒާގެ 15،600 އަށް ވުރެ ގިނަ މީހުނަށް ޚާއްސަ ފަރުވާ ބޭނުންވާ ކަމަށާއި އެކަމަށް އެމީހުން ޣައްޒާއިން ނެރެންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެ އެވެ.

އޮގަސްޓް 20 ވަނަ ދުވަހު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ވަނީ ޣައްޒާގައި، ބޮޑެތި ޒަހަމްތަކާއި ހާލުބޮޑު ބަލި މީހުންގެ ތެރެއިން ގިނަ ބަޔަކު އިތުރު ފަރުވާއަށް ޣައްޒާއިން ނެރި ޔޫއޭއީއަށް ގެންގޮސްފަ އެވެ.

މިކަމާ ގުޅިގެން ޔޫއޭއީއަށް ޝުކުރުއަދާކުރައްވާ ޑރ. ޓެޑްރޯސް ވިދާޅުވީ، ޣައްޒާގައި އަދިވެސް ހާއްސަ ފަރުވާ ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށެވެ.

”އަދިވެސް 15،600 އަށް ވުރެ ގިނަ ބަލިމީހުންނަށް ހާއްސަ ފަރުވާއެއް ބޭނުންވާއިރު، އޭގެ ތެރޭގައި 3800 ކުޑަކުދިން ހިމެނޭ.“ ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.

ޑރ. ޓެޑްރޯސް ވަނީ ޣައްޒާގައި ހާއްސަ ސިއްހީ ފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ގައުމުތަކުން މަސައްކަތްކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް ގޮވާލެއްވި އެވެ.

ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިޒްރޭލުން ޣައްޒާގައި އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާގައި، 2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 62،622 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި 157،673 މީހުން ޒަހަމުކޮށްލާފައިވެ އެވެ.

ގައްޒާ ހަނގުރާމަ ޑަބްލިއުއެޗްއޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ