އިންޑިއާގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން އިތުރު 4،000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ފަށަނީ

Advertisement

އެންމެ ފަސް

Advertisement

އެހެން މަޝްރޫއުތަކަށް ލިބުނު ބައެއް ފައިސާ ބޯހިޔަވާހިކަމުގެ މަޝްރޫއުތަކަށް ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާމަކުރައްވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އެހެން މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާ ބޭނުން ކުރަން ރާވާފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ފައިސާވެސް  ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނިންމާފައިވޭތޯ ނާޒިމް އެެއްސެވި އެވެ.

ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް އެހެން މަޝްރޫއުތަކަށް ކަނޑައެޅިފައިވާ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުން ކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަށް މުޅިއެކު ހައްލެއް ހޯދައިދިނުމަކީ ރައީސް މުއިއްޒުގެ އިންތިހާބީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީއާ އެކު ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޝަފީގު ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ ހުރިހާ މައްސަލަތަކެއްގެ އަސްލު ކަމަށެވެ. ޝަފީގު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އެންމެ އިސްކަމެއްދޭ ކަމެއް ކަމަށެވެ.

”ބަޖެޓް ޑްރާފްޓް ކުރާއިރު ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ 50 އިންސައްތަ ބޯހިޔާވަހިކަމަށް ދޫކުރުމަށް ރައީސް ވަނީ އަންގަވާފައި،“

ޝަފީގު ވިދާޅުވީ، އެގްޒިމް ބޭންކް މެދުވެރިކޮށް އިންޑިއާއިން ދޭ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ކްރެޑިޓް ފެސިލިޓީ ބޭނުންކޮށްގެން 4،000 ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ