ސީއެޗްއެސްއީގެ ދެ އިމާރާތުގައި ކިޔެވުމަށް ފުރުސަތު ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުން މަތީ ސާނަވީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް އޭ ލެވެލްގެ ތައުލީމު ދިނުމަށް މާލެއާއި އާއި ހުޅުމާލޭގައި ހުންނަ އެ ސްކޫލްގެ ދެ ގޮފިން ވެސް ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް ވަނުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މާލެ އަދި ހުޅުމާލެ ސީއެޗްއެސްއީ އަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި އޮންލައިން އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓްއިން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

2023 ވަނަ އަހަރުގެ އޮގަސްޓް މަހު މާލޭ ގައި ހުންނަ ސީއެޗްއެސްއީގައި ކިޔަވައިދިނުން ހުއްޓާލުމަށްފަހު ހުޅުމާލޭގައި ގާއިމްކުރި އާ ސްކޫލް އިމާރާތައް ދަރިވަރުން ބަދަލުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ވަނީ މާލޭގައި ހުންނަ ސީއެޗްއެސްއީ ސްކޫލް އިމާރާތް މަރާމާތުކޮށް، އެތަނުގައިވެސް ކިޔެވުން އަލުން ފެށުމަށް ނިންމާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސީއެޗްއެސްއީގެ ދެ އިމާރާތުގައިވެސް ތައުލީމު ދިނުމަށް ނިންމީ ހަމައެކަނި ހުޅުމާލޭގައި ސްކޫލް ހިންގުމާ ގުޅިގެން ދަރިވަރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށެވެ.

މިނިސްޓަރު އޮފް އެޑިއުކޭޝަން، ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ”މިހާރު ނިއުސް“ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލެ ފެސިލިޓީން އެއް ސެޝަނެއްގައި 600 ދަރިވަރުންނަށް ތައުލީމު ލިބޭނެ ކަމަށާއި ދެ ޝިފްޓަށް 1،200 ދަރިވަރުންގެ ސްލޮޓެއް ހުންނާނެ ކަމަށެވެ.

މާލެ ސިޓީގައި އޭ ލެވެލް ތައުލީމު ދޭ ދައުލަތުގެ ސްކޫލެއް ނެތުމުން ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ