ރާއްޖޭގެ 13 ރަށެއްގައި 15 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ 13 ރަށެއްގައި 15 މެގަވޮޓްގެ ސޯލަރ ޕީވީ ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދުމަށް މިއަދު އެންވާރަމެންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިއީ ވާލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސައިސްޓެއިނަބަލް އެނާރޖީ – އެރައިސް ޕްރޮޖެކްޓްއިން އިން ހިންގާ މަޝްރޫއެކެވެ. 15 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 2 ލޮޓަކަށް ބަހާލައިގެން ނެވެ.

އެ މަޝްރޫޢުގެ ދަށުން 15 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

  • ލޮޓް 1 – 2 މެގަވޮޓް:

ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މައިބާދޫ، ލ. މާމެންދޫ، ލ. މާވައް އަދި ލ. ދަންބިދޫ

  • ލޮޓް 2 – 13 މެގަވޮޓް:

ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ.ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފޮނަދޫ

މިނިސްޓްރީގެ އިއުލާންގައިވާގޮތުން މި މަޝްރޫގެ ދަށުން ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ކެޕިޓަލް ހަރަދުކޮށް، 20 އަހަރުގެ މުއްދަތައް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫއުގެ ބީލަން ކާމިޔަބުކުރާ ކޮންޓްރެކްޓަރެވެ. މިނިސްޓްރީން ކޮންޓްރެކްޓަރ ހޮވާނީ ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައިގެން ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ. އަދި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތަށް ވިއްކުމަށް އެއްމެ ކުޑަ ރޭޓެއް ހުށަހަޅާ އިންވެސްޓަރަކަށް/ކުންފުންނަކަށްވެސް ބަލާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.

15 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޮކްޓޯބަރ 2024 އަންގާރަ ވަނަ ދުވަހުގެ 13:00 އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެ ކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގަ އެވެ. ކޮންޓްރެކްޓަރަކު ހޮވައި ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގަ އެވެ. އަމަލީ މަސައްކަތް ނިމި މި ނިޒާމުތަކުން ކަރަންޓް އުފައްދަން ފެށުމުން ޖުމުލަކޮށް މި ރަށްތަކުގައި ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 6 މިލިއަން ލީޓަރު ދަށްވެގެން ދާނެ އެވެ. އަދި ދަޢުލަތުން ތެލަށްކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 48 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.

އެރައިސް މަޝްރޫޢަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ބެޓަރީ އެނަރޖީ ސްޓޮރޭޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭރުގެ އެހީއާއި އެކު އެންވާރަމެންޓް މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ.

އެރައިސް މަޝްރޫއިން ރާއްޖޭގެ އެކި ރަށްރަށުގައި 36 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކޮށް 40 މެވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގަވެސް މި މަޝްރޫއުގެ ތެރެއިން އަޕްގްރޭޑްކޮށް ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތުދީފައި ވެއެވެ.

ވޯލްޑް ބޭންކް މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ