ކެނދިކުޅުދޫގައި އެކި ދާއިރާތަކުން އެހީވުމަށް ޗައިނާއިން މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަން ލިޒިން ކެނދިކުޅުދޫގެ ބޭފުޅުންނާއިއެކު އެކި ދާއިރާތަކުން މަޝްވަރާތަކެއް ކުރައްވައިފި އެވެ.

ކެނދިކުޅުދޫ އިން ވަނީ ޗައިނާ ސަފީރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ކެނދިކުޅުދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އިތުރުން ކެނދިކުޅުދޫ ސްކޫލުގެ އިސްވެރިންނާވެސް ޗައިނާ ސަފީރު ބައްދަލުކުރައްވާފައިވާ ކަމަށް ކެނދިކުޅުދޫ ކައުންސިލުން މައުލޫމާތުދީފައި ވެއެވެ.

ޗައިނާ ސަފީރު ވަނީ ކެނދިކުޅުދޫ ސްކޫލުގެ ތަރައްގީއާއި ގުޅުންހުރި އެކި މައުޟޫއުތަކަށް އަލިއަޅުވާލައްވާ މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ވަނީ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ސްކޫލު ލައިބްރެރީ ތަރައްގީ ކުރުމަށް ވާހަކަދައްކަވާފަ އެވެ. އަދި ކެނދިކުޅުދޫ ސްކޫލު ދަރިވަރުންނަށް ހާއްސަ ސްކޫލް ބަސްއެއް ހޯދައިދިނުމުގެ އިތުރަށް އެކްސްޗޭންޖް ޕްރޮގްރާމްސް (ތަޖުރިބާގެ ދަތުރުތައް) ގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރައްވާފައި ވެއެވެ. އެއާއެކު، އުނގެނުމާއި ކިޔަވައިދިނުމުގައި އައިޓީގެ ގާބިލިއްޔަތުކަން ކުރިއެރުވުމަށްވެސް ޗައިނާ ސަފީރު ސްކޫލާއިއެކު މަޝްވަރާކުރައްވާފައި ވެއެވެ.

ކައުންސިލުން ބުނީ ސަފީރު އެރަށުގައި އިޔާދަކުރަނިވި ހަކަތައާއި ކުނީގެ ނިޒާމާއި ފަތުރުވެރިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއިން ލިބެންހުރި ފުރުސަތުތައް ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރާއްޖެ - ޗައިނާ ޗައިނާ ސަފީރު ވަން ލިޒިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ