ރާއްޖެ އާއި ޗައިނާގެ ޒަމާންވީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރު ހަރުފަތަކަށް ޖެހޭނެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އާއި ޗައިނާ އާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ޖެހޭނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ޗައިނާގެ ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންގެ ކެތްތެރިކަން މި ދުވަހުން ދައްކުވައިދޭ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މަޤްޞަދުތައް ހާސިލްކުރުމުގައި ޗައިނާއިން އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަދާކުރާ މުހިންމު ދައުރުވެސް މި ދުވަހުން ހާމަވާކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މި މުނާސަބަތުގައި ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށާއި، ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު، ލީ ޗާންގްއަށް ތަހުނިޔާގެ ސިޓީފުޅު ވަކިވަކިން ފޮނުއްވާ ފައެވެ. ޗައިނާގެ ރައީސްއަށް ފޮނުއްވި ސިޓީފުޅުގައި ”ވަން-ޗައިނާ ޕޮލިސީ“އަށާއި، ދެ ޤައުމު ހިއްސާކުރާ ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ފަހުން އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި ފަހުމުނާމާތަކުގެ ސަބަބުން، ދެޤައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން، މުސްތަޤުބަލުގައި ދޭދޭ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޗައިނާގެ ގައުމީ ދުވަހަކީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަން ފެށީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ. މި އަހަރަކީ އެ ގައުމުގެ 76 ވަނަ ގައުމީ ދުވަސް ފާހަގަކުރި އަހަރެވެ. ފާހަގަކޮށްލެވޭ ކަމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ