ޗައިނާއަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާއި އިންސާނީ ފިކުރުގެ ނަމޫނާއެއް: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި އަދި އިންސާނީ ފިކުރުގެ ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޗައިނާގެ ޖުމްހޫރިއްޔާ ޤާއިމުކުރެވުނު ތާ 79 އަހަރު ފުރުމާއި މިޑް-އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި، ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހޫނު ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރެއްވި އެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ޗައިނާއިން އަދާކުރާ ދައުރާއި، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް އެއްވެސް ޤައުމެއް އެކަހެރިނުވާނެ ގޮތަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމަށް ޗައިނާއިން ދައްކާ ޝައުޤުވެރިކަމަށްޓަކައި ދިވެހިރާއްޖެއިން އަގުވަޒަންކުރާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއާއި، ދުނިޔޭގެ މައިދާނުގައި އިންސާފުވެރިކަން ކުރިއެރުވުމުގައި ޗައިނާއިން ދިވެހިރާއްޖެއާއި އެހެން ކުދި ޖަޒީރާ ޤައުމުތަކާއެކު އަބަދުވެސް ގާތްގުޅުމެއް ބާއްވަމުންދާ ކަމަށެވެ.

ޗައިނާގެ ތާރީޚަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ، އެއީ ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި އަދި އިންސާނީ ފިކުރުގެ ނަމޫނާއެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި އެއްބަސްވުންތަކާއި ބަދަލުކުރެވޭ ކަންކަމުގެ ތެރެއިން ފެންނަ ގުޅުމެއް ނޫން ކަމަށާއި، އެއީ ހިއްސާކުރެވޭ ތަޖުރިބާތަކާއި، ދަތުރުތަކާއި އަދި ތެދުވެރި ރަހުމަތްތެރިކަމުން އުފެދޭ އިތުބާރުގެ ތެރެއިން ފެންނަ ގުޅުމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ރަހުމަތްތެރިކަން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުޖުތަމަޢުތައް ގުޅުވައިދޭ ބްރިޖުތަކާއި، ޢާއިލާތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހިން މުސްތަޤްބަލަށް ތައްޔާރުވާ ކްލާސްރޫމްތަކުން މިކަން ފެންނަ ކަމަށެވެ. އަދި ހަމައެއާއެކު، ހާހުންހާހުން ޗައިނާގެ ފަތުރުވެރިން ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ އައުމުން ދޭހަވަނީ ފަތުރުވެރިކަމަކީ ހަމައެކަނި ސިނާޢަތެއް ނޫނަކަމަށާއި އެއީ ދެ ޤައުމު ގުޅުވައިދޭ ދިރުންހުރި ބްރިޖެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިޔާސީ، ވިޔަފާރި، ސަގާފީ އަދި ތައުލީމީ ދާއިރާތަކުގައި އަދި ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤްބަލަކަށް ކުރެވޭ މަސައްކަތުގައި ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ ޗައިނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ