ރަސްމީ ދަރުފުޅެއްގައި ތިން މިނިސްޓަރަކު މާދަމާ ޗައިނާއަށް

Advertisement

އެންމެ ފަސް

Advertisement

ސްމީ ދަތުރުފުޅެއްފައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މާދަމާ ޗައިނާ ފުރާ ވަޑައިގަންނަވާނެ ކަމަށް ފްރޮން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުފުޅަކީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ބައްދަލުކުރައްވާ ގިނަ ކަންކަން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި އެ ގައުމުގެ އިސް އޮފިޝަލުންނާވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓަރު ޒަމީރާއެކު މި ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރު ޝަފީގާއި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބްގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މި ބޭފުޅުން އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ވަނީ މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވާ ރާއްޖެއަށް އެންމެ ބޭނުންތެރި ކަންކަމުގައި ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ