ތިމާވެށްޓާއި ބެހޭ ވުޒާރާއިން ފަލަސްތީނަށް 112،443 ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

ތިމާވެށްޓާއި ބެހޭ ވުޒާރާއިން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 112،443 ރުފިޔާ ހަދިޔާކޮށްފި އެވެ.

މިނިސްޓްރީން މި އަދަދު ހަދިޔާ ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިއްޔެ އިންތިޒާމްކުރި ޓެލެތޯން އަށެވެ. މި ޓެލެތޯނަކީ ރާއްޖޭގެ ގިނަ މީޑިއާތައް ޕީއެެސްއެމްއާއި ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ.

އެ ވުޒާރާގެ ދަށުން ހިންގާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ވެސް ޓެލެތޯނަށް އެންވާރަމަންޓް މިނިސްޓްރީން މި އަދަދު އެއްކުރުމުގައި ބައިވެރިވެފައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް އިއްޔެ ހެނދުނު 8 އިން ދަންވަރު 12 އަށް ކުރިއަށް ގެންދިޔަ ޓެލެތޯންގައި އެ ފައިސާގެ ”ރަމްޒީ ބޯޑު“ ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރްއާ ހަވާލު ކޮށްދެއްވީ އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި މި ހަފްލާގައި އެންވާރަމަންޓް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބޭއްވި ހާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބެހެއްޓި އެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައިވެސް ފޮށިތައް ބެހެއްޓި އެވެ. އަދި އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސި އެވެ. މި ފަންޑަށް މުޅި ޖުމްލަ 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޕީއެސްއެމުން މައުލޫމާތުދެ އެވެ.

ކްރޯ މޯލްޑިވްސްއިން ބުނީ ނަގުދު ދިވެހި ރުފިޔާގެ ގޮތުގައި ޓެލެތޯނަށް 723،948 ރުފިޔާ ލިބިފައިވާ ކަމަށާއި އަދި 1343 ޑޮލަރާއި 81 ޔޫރޯ ހަމައެކަނި ފަންޑު ފޮށިތަކަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާއިރު، ޑޮލަރު އެކައުންޓަށް 33950 ޑޮލަރު ވަނީ ޖަމާވެފަ އެވެ.

”ފަލަސްތީނާއެކު ދިވެހީން“ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނަށް ވަނީ ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ރާއްޖެ - ފަލަސްތީން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަލަސްތީނާއެކު ދިވެހިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ