ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރެއްވި މެންބަރު ހުސައިން ރިޒާ އާދަމް އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިހާބުކޮށްފި އެވެ.
މާފުށި ދާއިރާގެ މެންބަރު ރިޒާ އިއްޔެ ޖޭއެސްސީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ޖޭއެސްސީގެ މެންބަރުންގެ މެދުގައި ނެންގެވި ވޯޓަކުން ނެވެ.
އެންމެ ފަހުން ޖޭއެސްސީގެ ރައީސްގެ މަގާމު ފުރުއްވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި ރިޒާ ޖޭއެސްސީގެ މެންބަރުކަމަށް ހުވާ ކުރައްވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ.
ހުސައިން ރިޒާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރުކަމަށް ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުންނެވެ.
މެންބަރު ހުސައިން ރިޒާ އާދަމް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
