ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުން އަދި މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

”ޖަވިޔަނި“ އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މިއަދު ހެނދުނު ރިޒާ އިސްތިއުފާ ދެއްވާ، އިސްތިއުފާގެ ސިޓީ ވަނީ ރައީސް އޮފީހަށް ހުށަހަޅުއްވާފަ އެވެ.

ޖޭއެސްސީގެ މެންބަރު ކަމުންނާ ރައީސް ކަމުން ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ކަށަވަރެއް ނޫނެވެ.

މިފަހުން ޖޭއެސްސީގެ ނައިބު ރައީސް ކަމުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރައްވާފައިވަނީ، ޖޭއެސްސީގެ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރުގެ ގޮތުގައި އިންނަވާ ޔަޒްމީދު މުހައްމަދު އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު، ބަންޑާރަނައިބު އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު ހިމެނޭ ގޮތަށެވެ.

މެންބަރު ހުސައިން ރިޒާ އާދަމް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ