އަބްދުއްރަހްމާން މަރާލި މައްސަލައިގެ ޝަރީއަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.

އަބްދުއްރަހުމާން މަރުވެފައިވަނީ، އޭނާ ގޭގައި ނިދާފައިއޮށްވާ އެގެޔަށް ވަތް ބަޔަކު އޭނާގެ ބޮލާއި މޫނަށް އަމާޒުކޮށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ދައުވާކުރި މީހުން އަދި ކުރި ދައުވާތައް:

  1. އއ. މާޅޮސް. ފިޔަ / އަހްމަދު އާޝިދު ؛ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  2. އއ. މާޅޮސް، ލިލީފެހި / މުހައްމަދު ވިސާމް ؛ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
  3. އއ. މާޅޮސް، ފިނިވާގެ / އަހްމަދު ފާރިސް ؛ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްފަ އެވެ. އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވޭތޯ ސުވާލުކުރައްވާ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ދިފާއީ ވަކީލް ވިދާޅުވެފައިވަނީ ބައެއް ލިޔުންތައް ނުލިބޭ ކަމަށެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ ބައެއް ރިޕޯޓުތައް އަދި ނުނިމޭ ކަމަށެވެ.

މިިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ޝަފީއު ވިދާޅުވީ މައްސަލައިގައި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދާނީ ލިޔެކިޔުން ހަމަވުމުން ކަމަށެވެ. އަދި މި މަހު ފަހުކޮޅު މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުުގެ ރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ. މިހާތަނަށް ބެލިބެލުމުން އޭނާ މަރާލާފައިވަނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ބޮލުގެ ފުއްކިބައިގައި ޖަހައި އެކިވަރުގެ ޒަހަމްތައްދީގެންނެވެ.

އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި އޭނާގެ ސިކުނޑީގެ ބައެއްވެސް ފެންނަންއޮތް ކަމަށާއި، ލޯ ކައިރިވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށްވެ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަބްދުއްރަހްމާންގެ ހަށިގަނޑު ރާއްޖޭއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމްވެސް ހަދާފަ އެވެ.

ކްރިމިނަލް ކޯޓު އއ. މާޅޮސް އަބްދުއްރަހްމާންގެ މަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ