ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތުގެ 47% މަސައްކަތް ނިމިއްޖެ: އެމްއޭސީއެލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 47 އަށްވުރެ ބޮޑު ބައި ހިއްކާ ނިންމާލެވިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

ހުޅުމާލެ ފޭސް 3 ހިމެނޭގޮތަށް، މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ ގިނަ މަސައްކަތްތައް ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އިންނެވެ.

ހުއްޓިފައި އޮތުމަށްފަހު އަލުން ފެށި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ބާރަށް ކުރިއަށެވެ. މި މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކައި މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ވަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކުރަން ފަށާފަ އެވެ.

މަސަކަތުގެ އެންމެފަހުގެ އަދާހަމަތައް ހާމަކޮށް، އެމްއޭސީއެލް އިން ބުނީ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ ބައިގެ 47.6 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އެއީ 30 ހެކްޓަރުގެ ބިމެވެ.

އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، ހުޅުމާލެ ހިއްކުމުގެ މަސައްކަތް މި މަހު ނިމި، އަންނަ މަހު ގޯތިތައް ހަވާލުކުރެވޭނެ އެވެ. އަދި އެ ސަރަހައްދަށް ބޭނުންވާ ޔޫޓިލިޓީ ހިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ.

ބޮޑު މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނައިރު ގުޅީފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށްދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމި 192 ހެކްޓަރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެސަރަޙައްދުން އިތުރަށް ހިއްކުމަށް ނިންމެވި 85 ހެކްޓަރުގެ ބިންވެސް ހިމެނެ އެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ހުރިހާ މަޝްރޫއުތަކެއް ނިމުމާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ލިބޭނެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެމްއޭސީއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ