ބޭނުންވަނީ ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމްކުރުމަށް ކަމަށާއި، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ކައުންސިލްތަކަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި، މި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. އަދި ދެފުށްފެންނަ ނިޒާމް ގާއިމްކުރަނީ ޒިންމާދާރުކޮށް މަސައްކަތްކުރުމާއި، ޗެކް އެންޑް ބެލެންސް، އަދި އެކައުންޓަބިލިޓީގެ ހަމަތަކުގެ މަތިން ހެޔޮ ވެރިކަމެއް ހާސިލްކުރުމުގެ މަގުސަދުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ކޮށްދިނުމުގައި ކައުންސިލަކުން ދާން ބޭނުންވާ ހިސާބަށް ގެންދިއުމުގައި ފުރިހަމައަށް އެ ކައުންސިލެއްގެ އަތުގައި ހިފައިގެން، ދާން ބޭނުންވާ ބާރުމިނެއްގައި މި ސަރުކާރުން ދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ކައުންސިލްތައް މަސައްކަތް ކުރަމުންދާންވީ ކަމަށާއި، ކައުންސިލަކުން ބޭނުންވާ ކޮންމެ ކަމެއްގައި އެކަމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މަތިވެރި ކައުންސިލުން ވެސް ކުރައްވާ މަސައްކަތް، އިތުރު ގިޔަރަކަށް ލައިގެން ގެންދަން ބޭނުންވާ ކަމެއްގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުން އެއްބާރުލުމެއް ލިބޭނެ ކަމަށެވެ. އެގޮތަށް އެހެން ރަށްރަށުގެ ކައުންސިލްތަކަށްވެސް އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. މަތިވެރި ލާމަރުކަޒީ ނިޒާމް