ޗައިނާއާއިއެކު އެކުލަވާލި ފްރީ ޓްރޭޑް އެގްރީމެންޓަށް 20 ދުވަސް ތެރޭ އަމަލުކުރަން ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 20 ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޗައިނާގެ އިމްޕޯޓްގެ 70 އިންސައްތަ އާއި 90 އިންސައްތައާއި ދެމެދުގެ ޑިއުޓީ އުވާލުމުން ފުޅާ ދާއިރާއެއްގައި އުފެއްދުންތަކުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ވަކި އިންސައްތަ މުދަލަށް ޑިއުޓީ ދައްކަން ނުޖެހޭއިރު، ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރާއިރުވެސް ޑިއުޓީ މައާފުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 1 ޖެނުވަރީ އިން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ އެވެ.

އިންޑިއާއާއެކު ވެފައިވާ ކަރަންސީ ސްވޮޕް އެގްރީމަންޓްގެ ދަށުން އަންނަ އަހަރުން ފެށިގެން ދިވެހި ރުފިޔާއިން އިންޑިއާއިން އިމްޕޯޓްކުރާ މުދަލަށް ފައިސާ ދެއްކޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން އިންޑިއާގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ކަމަށްވާ ރުޕޭ ކާޑު ވެސް ސަރުކާރުން ވަނީ ތައާރަފްކޮށްފަ އެވެ.

ޗައިނާއާއެކު ރާއްޖެއިން އެފްޓީއޭ އެއް އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލުކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ، އެ އެއްބަސްވުމަށް އަމަލުކުރުމުގެ މަސައްކަތް ފައްޓަވާފަ އެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެ އެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް ވިޔަފާރިވެރިންނަށް މި އެއްބަސްވުމުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށާއި، އަދި އާންމު ރައްޔިތުންނަށްވެސް މުދަލުގެ އަގު ހެޔޮވުމުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިވަން ވިޔަފާރީގެ އެއްބަސްވުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ