ކޯޓު އަމުރެއްގެ ދަށުން ކުރީ ސަރުކާރުގެ ބައެެއް ފަރާތްތަކުގެ ގެދޮރު ފާސްކުރަނީ

Advertisement

އެންމެ ފަސް

Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޯޓު އަމުރެއްގެ ދަށުން ކުރީ ސަރުކާރުގެ ބައެެއް ފަރާތްތަކުގެ ގެދޮރު ބަލާ ފާސްކުރަން ފަށައިފި އެވެ.

އޭސީސީއިން ބުނީ ”އޭސީސީއިން ތަހުގީގު ހިންގަމުންދާ ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ދިނުމާ ގުޅޭ މައްސަލައިގައި އެ މައްސަލައާއި ގުޅުންހުރި ބައެއް ފަރާތްތަކާއި ގުޅުންހުރި ބައެއް ތަންތަން ދަނީ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސް ކުރަމުން“ ކަމަށެވެ. ނަމަވެސް ބަލާ ފާސްކުރާ ތަންތަނުގެ މައުލޫމާތެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ކުރީ ސަރުކާރުން އިމާރަތްކުރަން ފެށި ފްލެޓްތައް ބެހުމުގައި އެންމެ އިސްކޮށް އުޅުއްވީ އެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަް ހުންނެވި އަކްރަމް ކަމާލުއްދީން އެވެ. އެނގިފައިވާގޮތުގައި އޭސީސީން ބަލާފާސްކުރާ ތަންތަނުގެ ތެރޭގައި އަކްރަމް ދިރިއުޅުއްވާ އެޕާޓްމެންޓްވެސް ހިމެނެ އެވެ. ނަމަވެސް އޭސީސީން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނިމިދިޔަ ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވަނީ ސަރުކާރު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ. ފްލެޓްތައް ބަހާފައިވާ ގޮތުން ގިނަ ބަޔަކު ވަނީ ފްލެޓްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅާފަ އެވެ.

އެއާއެކު، އޭސީސީން ހިންގި ތަހުގީގުން ދައްކާގޮތުގައި ގިނަ ބައެއްގެ ފޯމްތަކަށް ޕޮއިންޓް ދީފައިވަނީ ނާއިންސާފުން ނެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ނުބައިކޮށް ޕޮއިންޓް ދީފައިވާ ކަމަށް ފާހަގަކޮށްފައި ވެއެވެ.

 

އަކްރަމް ކަމާލުއްދީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ