ފޮރިން އިންވެސްޓްމަންޓްގެ އާ އުސޫލުތަކެއް އެކުލަވާލާ، ބައެއް ވިޔަފާރިތައް ބިދޭސީންނަށް މަނާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފޮރިން އިންވެސްޓްމަންޓާ ގުޅޭ އައު އުސޫލުތަކެއް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށް ގެޒެޓްކޮށްފި އެވެ.

މި އުސޫލުތަކާއެކު ރާއްޖޭގައި ބިދޭސީން ކުރަމުން އައި ބައެއް ވިޔަފާރިތައް މަނާވެ، އެ ދާއިރާތައް ދިވެހިންނަށް ޚާއްސަކުރެވިފައިވެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި އާ އުސޫލުތަކާއެކު ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ލިބި، އިގްތިސާދުގައި އިންވެސްޓްކުރުމަށް މަގުފަހިވެގެންދާނެ އެވެ. މިގޮތުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސްގެ ޚިދުމަތްތައް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް، ބަންކަރިންގެ ޚިދުމަތް އަދި 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް ވަނީ ދިވެހިންނަށް ޚާއްސަކުރެވިފަ އެވެ.

އާ އުސޫލުތަކުގެ ދަށުން އޮޑިޓިންގ ދާއިރާގައި ބޭރުގެ ފަރާތްތަކަށް ހަރަކާތްތެރިވެވޭނެ އާ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން ރާއްޖޭގައި އޮޑިޓިން ފާމެއް ހިންގަން ބޭނުންވާ ބިދޭސީ ފަރާތްތަކުން އެ ކުންފުނީގެ 25 އިންސައްތަ ހިއްސާ ދިވެއްސަކަށް ދޭންޖެހޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި އުސޫލުތައް އެކުލަވާލުމުގައި ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކުރެވިފައިވެ އެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް ދިވެހިންނަށް ޚާއްސަކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމެވެ.

ފޮރިން އިންވެސްޓްމަންޓާ ބެހޭ އާ ޤާނޫނެއް އެކުލަވާލައި ތަސްދީގުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ބިދޭސީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ