މިރޭ 9 ޖަހާއިރު ޕެޓްރޯލް ޝެޑުތަކުގެ ސްޓޮކްތައް ހިސާބު ކުރުމަށްޓަކައި ބަންދު ކުރާނެ ކަމަށް ފިއުލް ސަޕްލަޔާސް މޯލްޑިވްސް (އެފްއެސްއެމް) އިން ހާމަކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ހެނދުނު އެފްއެސްއެމްއިން އެކްސް ގައި ކުރި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، މާލެ ސަރަޙައްދުގެ ހުރިހާ ޕެޓްރޯލް ޝެޑުތަކާއި، ހުޅުމާލެ، ހިއްމަފުށި، ހުޅުމީދޫ، ކޫއްޑޫ އަދި ފެލިވަރު ސައިޓުތައް މިރޭ 9 ޖަހާއިރުން ފެށިގެން 10 ޖެހުމާ ހަމައަށް ބަންދުކުރެވޭނެ އެވެ.
ބަންދުކުރެވޭ ތަންތަނުގެ ތެރޭގައި އީސީ ފިލް 1 (ސްޓެލްކޯ ކައިރި)، އީސީ ފިލް 3 (ހުޅުމާލެ)، ހުޅުމާލެ ޕަމްޕްހައުސް، އީސީ ފިލް 2 (ކާނިވަލް ކައިރި)، އީސީ ފިލް 4 (އިންޑަސްޓްރިއަލް ކައިރި)، ހުޅުމާލެ ޖެޓީ ބައުސާ ސައިޓް، ހިއްމަފުށީ ސައިޓު، ހުޅުމީދޫ، ކޫއްޑޫ އަދި ފެލިވަރު ސައިޓު ހިމެނެ އެވެ.
އެފްއެސްއެމްއިން ވަނީ މި ބަންދުކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދިފަ އެވެ. މި ބަންދުކުރުމަކީ އަހަރީ ސްޓޮކް ހިސާބުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަންކަން ކުރިއަށްގެންދިއުމަށެވެ.
އަހަރު ނިމުމާއި ދިމާކޮށް، އޮޑިޓްގެ ބޭނުންތަކަށް ގިނަ ވިަޔފާރިތަކެއް ބަންދުކުރެ އެވެ. އެގޮތުން މި ހަފްތާގައި ބޭންކްތައްވެސް ވަނީ ބަންދުކޮށްފަ އެވެ.