ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބޭރު މީހުންނަށް އާސަންދަ ނުލިބޭތީ ގަރާރެއް

Advertisement

އެންމެ ފަސް

Advertisement

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނަށް އާސަންދައިގެ ހިދުމަތް ނުލިބޭކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މިއަދު ވަނީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

މެންބަރު މުހައްމަދު އިބްރާހިމްގެ ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް ނަޒަރުކުރާއިރު، އިންތިހާބުތަކުގައި ވާދަކުރުމާއި ދައުލަތުގެ އެކިއެކި މަގާމުތަކަށް އައްޔަނުކުރެވުމުގެ ހައްގު ފިޔަވައި، ދިވެހި ރައްޔިތުންނާއި ރާއްޖޭގެ ސިޔާދަތު ހިންގާ ސަރަހައްދުގައި އުޅޭ ބިދޭސީންނާ ދެމެދުގައި ހައްގުތައް ލިބިދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަން ފާހަގަކުރެވޭ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު ބިދޭސީންނާ ކައިވެނިކޮށްގެން އުޅޭކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ، އެ މީހުންނަށް ދަރިން ލިބި އެ ދަރިން ރާއްޖޭގައި ބޮޑެތިވެ އަދި އެ ދަރިންނަށް ދަރިން ލިބި އެމީހުންގެ މުޅި ހަޔާތް ވޭތުކުރަމުންދަނީ ރާއްޖޭގައި ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ”އާސަންދަ“ގެ ހިދުމަތް މި ވަގުތު ލިބެމުންދަނީ ހަމައެކަނި ދިވެހިންނަށް އެކަނި ކަމަށާއި، ބިދޭސީއަކު ދިވެހި ރައްޔިތަކަށް ވުމަށް އޮންނަ ހަމައެކަނި މަގަކީ ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުން ދިވެހިރައްޔިތަކަށްވުން ކަމާއި، ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނަކީ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ގާނޫނެއް ކަމަށްވީތީ، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ދިވެހިރައްޔިތުކަން ހޯދުމަށް ބޭނުންވާ އެތައް ބަޔަކަށް އެ ފުރުސަތު ހޯދިފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން އެތައް ބަޔަކު މުސްކުޅިވެ، ލޯބޯ ކޮށިވެ އަދި ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހީ ފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށް ދަތިވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އެ މީހުންނަކީ ދިވެހި މުޖުތަމައުގެ އާއިލާތުގެ މެންބަރުންކަމަށާއި، އެ މީހުން އެތައް އަހަރެއް ރާއްޖޭގައި ހޭދަކޮށް، ވަޒީފާ އަދާކޮށް ނުވަތަ އާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކޮށް، އެ މީހުންގެ މުޅި ދިރިއުޅުން ބިނާކޮށްފައިވަނީ ރާއްޖޭގައިކަމުން އެ މީހުންނަށް އަޅާލައި، ދައުލަތުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ އެމީހުންގެވެސް ހައްގެއްކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް އާސަންދަ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ