ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 14 ރަށަކަށް އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެންޑީއެމްއޭއިން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އެކި ވަރުގެ ގެއްލުން ލިބިގެން އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ވިއްސާރައިގައި ގެއްލުންވެގެން ރިޕޯޓްކޮށްފައިވާ ރަށްތަކަކީ:
- ގދ. މަޑަވެލި
- ގދ. ހޯނޑެއްދޫ
- ގދ. ނަޑެއްލާ
- ގދ. ރަތަފަންދޫ
- ގދ. ފަރެސްމާތޮޑާ
- ގއ. މާމެންދޫ
- ލ. މާވައް
- ހދ. ނޮޅިވަރަންފަރު
- ކުޅުދުއްފުށި ސިޓީ
- ސ.މަރަދޫ
- ރ. ފައިނު
- މ. ދިއްގަރު
- މ. މަޑުއްވަރީ
- ފުވައްމުލައް ސިޓީ
މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ރިޕޯޓްކުރެވިފައިވަނީ ކުޅުދުއްފުށި ސިޓީން ކަމަށްވާއިރު، އެ ސިޓީގައި ހުރި ގެއަކަށް ލިބުނު ގެއްލުމާ ގުޅިގެން އެ ގޭގެ ރައްޔިތުން އެހެން ގެއަކަށް އެއް ދުވަހުގެ މުއްދަތަށް ބަދަލުކުރަން ޖެހުނެވެ. ނަމަވެސް، އެހެން އެއްވެސް ރަށެއްގައި މީހުން ދިރިއުޅޭ ގެތަކުން ރައްޔިތުން ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާކަން އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މި ވިއްސާރައިގެ ސަބަބުން ހދ. ނޭކުރެންދޫ ބޯޓަކަށްވެސް ގެއްލުން ލިބިފައިވާކަން އެންޑީއެމްއޭއިން ހާމަކޮށްފައިވެއެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނެފައިވަނީ، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.
ވިއްސާރަ މޫސުން ގޯސްވުން މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)