އަލިހުރަސް ކަނޑަށް ދޯންޏެއް އަޑިއަށްގޮސް ތަކެތި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

އަލިހުރަސް ކަނޑަށް ދޯންޏެއް އަޑިއަށްގޮސް ދޯނީގެ ބައިތަކާއި ތަކެތި އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ، އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެހެކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވަނީ އއ.ރަސްދޫއަށް ދަތުރުކުރަމުން ދިޔަ ”ސްކޫބާ“ ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެކެވެ.

މި ޑައިވިންގ ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށް ކަމަށާއި، އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ ގޮތަށް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

އެހެންކަމުން، އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންމިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އަދި މި ދުވަސްވަރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން އިލްތިމާސްކޮށްފައިވެ އެވެ.

އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ