ވެންޓިލޭޓަރުގެ މައްސަލާގައި ދުބާއީ ކުންފުނިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން އަމުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ސަރުކާރުން ކޮވިޑް-19 ގެ ދުވަސްވަރު ވެންޓިލޭޓަރު ގަންނަން ފައިސާ ދެއްކި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ’މިހާރު‘ ނޫހަށް ވިދާޅުވި ގޮތުގައި، 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި އަމުރާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ ދެން ކުރަންޖެހޭ ކަންކަން ވެސް އަޅުގަނޑުމެން ކުރާނެކަމަށާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކުރާނެކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

މި މައްސަލައަކީ، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 75 ވެންޓިލޭޓަރު ހޯދުމަށް އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމެއް ހަދައި، ބޭންކް ގެރެންޓީއަކާ ނުލައި 34 މިލިއަން ރުފިޔާ ދޫކުރި މައްސަލަ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްނުދިނުމުން، މިދިޔަ އަހަރުގެ މާޗު މަހު މި މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅުނެވެ.

އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން ދައްކާ ގޮތުގައި، މި މުޢާމަލާތް ހިންގިއިރު ކުންފުނީގެ ގާބިލްކަން ހުރިތޯ ބެލުމެއް ނެތި، އެއްފަހަރާ ބޮޑު އަދަދެއްގެ ފައިސާ ދޫކޮށްފައިވެ އެވެ. އަދި ފޮނުވި މަދު ވެންޓިލޭޓަރުތަކަކީވެސް ބޭނުންކުރެވޭ ފެންވަރުގެ ތަކެތި ނޫންކަން ފާހަގަކުރެވިފައިވެ އެވެ.

ބަންޑާރަ ނައިބް އަހުމަދު އުޝާމް ކޮވިޑް-19 ވެންޓިލޭޓަރު ހިޔާނާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ