އާސަންދައާއި އެންސްޕާއިން ހޮސްޕިޓަލްތަކަށް ފައިސާ ނުދައްކާ މައްސަލަ ބަލަނީ

Advertisement

އެންމެ ފަސް

Advertisement

އާސަންދަ އަދި އެންސްޕާގެ ދަށުން ޕްރައިވެޓް ހޮސްޕިޓަލްތަކަށް ނުދައްކާ ހުރި ފައިސާގެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މާލިޔައްތު ކޮމިޓީން މިގޮތަށް ނިންމާފައިވާކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. މެންބަރު މިކަން ހާމަ ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މެންބަރު މަމްދޫހު ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ މިއަދު (16 އޯގަސްޓް 2025) ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 33 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

މި މައްސަލަ އިތުރަށް ދިރާސާކުރަން ނިންމީ، ކޮމިޓީއަށް ހުށަހެޅިފައިވާ ރިޕޯޓުގައި ހިމެނޭ މަޢުލޫމާތަކީ 22 ޖުލައި 2024 ގެ ނިޔަލަށް ހުރި މަޢުލޫމާތު ކަމަށްވެފައި، މިހާރު އެ އަދަދުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާނެ ކަމަށް ފެންނާތީ އެވެ.

ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގެ ނިޔަލަށް އާސަންދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕްރައިވެޓް ހޮސްޕިޓަލްތަކަށާއި އެކިއެކި ވެންޑަރުންނަށް ދައްކަންޖެހި، ނުދައްކާ އޮތް އަދަދަކީ 1,146,328,560 ރުފިޔާ އެވެ. އަދި ހަމަ އެ މުއްދަތުގެ ނިޔަލަށް އެންސްޕާއިން ދައްކަންޖެހި، ނުދައްކާ އޮތް އަދަދަކީ 491,314,492 ރުފިޔާ އެވެ.

ރިޕޯޓުން އިތުރަށް ހާމަވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން 2024 ވަނަ އަހަރުގެ ޖުލައި 22 އާ ހަމައަށް، އެންސްޕާގެ އެކި ޚިދުމަތްތަކަށް 1,534,795,182 ރުފިޔާގެ ބިލް ކުރެވިފައިވެ އެވެ. މީގެ ތެރެއިން، ވެރިކަން ބަދަލުވިއިރު ނުދައްކާ އޮތް 491,314,492 ރުފިޔާއާއި އޭގެ އިތުރުން 871,976,442 ރުފިޔާ، ޖުމްލަ 1,363,290,934 ރުފިޔާ މިހާރުގެ ސަރުކާރުން ވަނީ ދައްކާ ޚަލާޞްކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީން މި މައްސަލަ އިތުރަށް ދިރާސާކުރުމަށްފަހު އަދާހަމަކުރެވިފައިވާ ރިޕޯޓެއް އެކުލަވާލުމަށް ވަނީ ނިންމާފަ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ރައްޔިތުންގެ މަޖިލިސް އާސަންދަ މާލިއްޔަތު ކޮމެޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ