ޗައިނާއާއި ރާއްޖެއާ ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޗައިނާ އާއި ރާއްޖެއާ ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ، ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ތައުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޗައިނާގެ ސަފީރާއެކު މިނިސްޓަރު ޝަފީއު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވެދެއްވާ އެހީތެރިކަމަށް މިނިސްޓަރު ޝަފީއު ޝުކުރު އަދާކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޒުވާން ޖީލު ތަރައްގީކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއާއެކު ކުރިއަށްދާ، ދިގު މުއްދަތުގެ އެއްބާރުލުންދިނުން އިތުރަށް ހަރުދަނާކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޗައިނާ ސަފީރު ކޮންގ ޝިއަންހުއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ