ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން އެންމެންގެ އެއްބާރުލުން ބޭނުން: ޝިއުރީ

Advertisement

އެންމެ ފަސް

Advertisement

ފަތުރުވެރިކަމުގެ ސިނާއަތު މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިއުރީ ވިދާޅުވީ، ”ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަށް ކަމަށްވާ ގެސްޓްހައުސް ވިޔަފާރިވެރިން އަދި އެހެނިހެން ވިޔަފާރިތައްވެސް ކުރިއެރުވޭނީ ހަމައެކަނި ސަރުކާރުން ނޫން“ ކަމަށެވެ. އަދި އެމްއެމްޕީއާރުސީއިން އެކަނި ކުރާ މަސައްކަތަކުން ނޫން ކަމަށާއި، އެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ އާއި އެ އެސޯސިއޭޝަނާ ގުޅިގެން ބަންގްލަދޭޝް އަދި އަޒަރްބައިޖާންގައި ބޭއްވި ފެއާތައް ވަރަށް ކާމިޔާބު ކަމަށް ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް އެ އެސޯސިއޭޝަނާ ގުޅިގެން އިތުރު ފެއަރތަކަކާއި ރޯޑް ޝޯތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝިއުރީ ހާމަކުރެއްވި އެވެ.

”މި ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވޭނީ މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުމާއި އެއްބާރުލުން އިތުރުކޮށް، އެކަކު އަނެކަކަށް އެހީތެރިވެދީގެން“ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

މީގެއިތުރުން، އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ގެސްޓްހައުސް ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

ނޭޝަނަލް ހޮޓަލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ