1 އަހަރުގެ ތެރޭގައި 1،000 ހައުސިން ޔުނިޓް ނިންނަނީ

Advertisement

އެންމެ ފަސް

Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި ތަރައްގީކުރާ 13،000 ހައުސިން ޔުނިޓުގެ ތެރެއިން ފުރަތަމަ 5،000 ޔުނިޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސްތެރޭ ފަށާނެ ކަމފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ. އަދި މި މަޝްރޫޢުގެ އަމާޒަކީ އޭގެ ތެރެއިން 1،000 ޔުނިޓުގެ މަސައްކަތް އެއް އަހަރުތެރޭ އެއްކޮށް ނިންމާލުން ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.

ސަން އޮންލައިންގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، މި 13،000 ހައުސިން ޔުނިޓުގެ މަސައްކަތަކީ 100 ޕަސެންޓް ’ކޮންޓްރެކްޓާ ފައިނޭންސް‘ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ގައުމުގެ މިއަދުގެ ހާލަތަށް ރިޢާޔަތްކޮށް، ދައުލަތަށް އެއްވެސް ބުރައެއް ނެތި މި މަޝްރޫޢުގެ ކަންކަން ފެށޭނެ ގޮތަކަށް ރޭވުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި މިހާރު ހިނގަމުންދާ ގިނަ ހައުސިން މަޝްރޫޢުތަކުގައި ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ގިނަފަހަރަށް ޕާކުކުރާނެ ތަނެއް ނެތުމުގެ ސަބަބުން، އިމާރާތްތަކުގެ ވަށައިގެން ކާރުތަކާއި ސައިކަލުތައް ޕާކުކޮށްފައި ހުންނަ ކަމަށެވެ. އެހެންކަމުން، އަލަށް ތަރައްގީކުރާ 13،000 ހައުސިން ޔުނިޓުގެ މަޝްރޫޢުގައި މި ކަންކަމަށް ވިސްނައި، ޕާކިން އޭރިއާއާ އެކު އިމާރާތްތައް ތަރައްގީކުރާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މާލެ ސަރަހައްދުގައި އެފްޑީސީން ތަރައްގީކުރާ 13،000 ހައުސިން ޔުނިޓު އެޅުމަށްޓަކައި ބޭރުގެ ތިން ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުންތަކެއްގައި މިހާރު ވަނީ ސޮއިކޮށް ފައެވެ. މި މަޝްރޫޢުގެ ސަބަބުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސަރަހައްދާއި، މުޅި ރާއްޖޭގެ ބޯހިޔާވެހިކަމަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ހުރިހާ ހައުސިން ޕްރޮޖެކްޓްއަކަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމަށް މި މަހުގެ ތެރޭގައި އިއުލާންކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ހަމްދާން ޝަކީލް ފަހި ދިރިއުޅުން ކޯޕަރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ