ކުޑަކުއްޖަކާ ބެހުނު މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް

Advertisement

އެންމެ ފަސް

Advertisement

ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވައިފި އެވެ.

މި މައްސަލައިގައި ދައުވާ ލިބުނު ނަސްރުﷲ ފާއިޒުގެ މައްޗަށް އުފުލުނު ތިން ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވި އެވެ.

ކުރިމިނަލް ކޯޓުން މި މައްސަލަ ނިންމައި ހުކުމް އިއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު 30 ވަނަ ދުވަހު އެވެ. ނަސްރުﷲގެ މައްޗަށް ސާބިތުވި ދައުވާތަކަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުމާއި، ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށެވެ.

ފުރަތަމަ ކުށަށް 15 އަހަރުގެ ޖަލު ހުކުމަކާއި، ދެވަނަ ކުށަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލުނު އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުނުވި އެވެ. އެއީ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާތީ އެވެ.

މި މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅުނީ 2020 ވަނަ އަހަރުގެ ޑިސެންބަރު 17 ވަނަ ދުވަހު އެވެ. އަދި މައްސަލަ ނިމުމަކަށް އައީ ހަތަރު އަހަރު ފަހުން އެވެ. މައްސަލައިގައި ކުޑަކުއްޖަކު ހިމެނޭތީ، މައްސަލައިގެ އިތުރު ތަފުސީލުތައް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ޖިންސީ ގޯނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ