ހިޒްބުﷲ ގެ ލީޑަރު މަރުވިކަމުގެ ހަބަރު ކޮންމެ ވަގުތެއްގައިވެސް އައިސްދާނެ: އިޒްރޭލު

Advertisement

އެންމެ ފަސް

Advertisement

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ މަރުވިކަމުގެ ހަބަރު ކޮންމެ ވަގުތެއްގައިވެސް އައިސްދާނެ ކަމުގައި އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު ބުނެފި އެވެ.

އަލް ޖަޒީރާއިން ބުނި ގޮތުގައި އިޒްރޭލު އަސްކަރިއްޔާއިން މިގޮތަށް ބުނީ ލުބްނާންގައި ހުންނަ ހިޒްބުﷲ ގެ މައި ހެޑްކުއާޓާއަށް ދިން ވައިގެ ހަމަލާއަށް ފަހު އެވެ. މި ހަމަލާގައި ދެމީހަކު މަރުވެފައި ވެއެވެ. ބޮމުގެ ހަމަލާ ދިން ވަގުތުގައި ނަސްރަﷲ ހުރީ އެ އިމާރާތުގައި ކަމަށް ބުނެވެ އެވެ. ނަމަވެސް، ނަސްރަﷲ އަށް އޭގެ އަސަރު ކުރި ކަން އަދި ސާފު ނުވާ ކަމަށް އިޒްރޭލުން ބުނެ އެވެ. މި ހަމަލާގައި 6 އިމާރާތެއް ބިމާއި ހަމަވި އެވެ. އަދި 70 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައި ވެއެވެ.

މި ހަމަލާއަކީ ފާއިތުވި ހަފުތާގައި އިޒްރޭލުން ހިޒްބުﷲ ގެ ބާރުގެ ދަށުގައިވާ ބެއިރޫޓުގެ ދެކުނު ސަރަޙައްދު ކަމަށްވާ ދަހިޔާއަށް ދިން 4 ވަނަ ހަމަލާ އެވެ.

އެކްސިއޯސް ނިއުސް އައުޓްލެޓުން އިޒްރޭލު މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ މި ހަމަލާގެ އަމާޒަކީ ހިޒްބުﷲ ގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ ކަމަށާއި، އޭނާއަށް ހަމަލާ ދެވިފައިވޭތޯ އިޒްރޭލު ސިފައިން ބަލަމުންދާ ކަމަށެވެ. މި ހަމަލާއަކީ އިޒްރޭލުން ނަސްރަﷲ މަރާލަން ރޭވި ރޭވުމެކެވެ.

އެއާއެކު، އިޒްރޭލުން ވަނީ މީގެ ހަފްތާއެއް ކުރިން ލުބްނާންގެ ދެކުނަށް ދޭން ފެށި ހަމަލާތައް ހަނގުރާމައަކަށް ބަދަލުކުރަން އުޅޭ ކަމަށް އިއުލާންކޮށްފަ އެވެ. ގައްޒާގައ 7 އޮކްޓޫބަރުން ި ފެށިގެން ކުރަމުންދާ ހަނގުރާމަ ލުބްނާނަށް ފުޅާކުރަން އިޒްރޭލުން ނިންމާފައި ވެއެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް 500 އަށްވުރެ ގިނަ ލުބްނާން މީހުން މަރުވެފައި ވެެއެވެ.

ހިޒްބުالل އިޒްރޭލް ލުބްނާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ