ޕިލިޕީންސް އިން އެމްޕޮކްސް ޖެހުނު މީހުންގެ އަދަދު 18 އަށް އަރައިފި

Advertisement

އެންމެ ފަސް

Advertisement

ޕިލިޕީންސްގައި އެމްޕޮކްސް ޖެހުނު މީހުންގެ އަދަދު 18 އަށް އަރައިފި ކަމަށް އެ ގައުމުގެ ހެލްތް ސެކްރެޓަރީ ތިއޮޑޯރޯ އެރްބޯސޯ ވިދާޅުވެއްޖެ އެވެ.

އަނަދޮލޫ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބަލި ޖެހުނު 18 މީހުންގެ ތެރެއިން 5 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އެރްބޯސޯ ވިދާޅުވި ގޮތުގައި މި ބަލި ފެނުނު މީހުންނާ ދިމާވި އެހެން މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް މިހާތަނަށް ރެކޯޑްކުރެވިފައި ނުވެ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 5 މީހަކު އައިސޮލޭޝަނުން ދޫކޮށްލާފައިވާއިރު، ބާކީ 11 މީހުން އަދިވެސް ގޭގައި އެކަހެރިވެގެން ތިބި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ މަހު ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއްގެ ގޮތުގައި އިޢުލާންކޮށްފަ އެވެ. އެފްރިކާ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނާ ގޮތުގައި މި ވައިރަލް އިންފެކްޝަން ހަލުވިކަމާއެކު ފެތުރެމުންދަނީ ކޮންގޯއާއި ކައިރީގައިވާ އެހެން ގައުމުތަކަށެވެ.

މިއަހަރު ތެރޭ މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ކޮންގޯއިންނެވެ. އޭޝިޔާއަށް ބަލާއިރު ޕާކިސްތާނާއި ފިލިޕީންސް އަދި ތައިލެންޑުން ވެސް މަންކީޕޮކްސް ކޭސްތައް ފެނިފައިވާކަން ފާހަގަކުރެވެއެވެ. ޔޫރަޕްގެ ގައުމުތަކަށް މި ބަލި ފެތުރިފައިނުވީ ނަމަވެސް މިއަހަރު ތެރޭ ސްވިޑަންއިން ވެސް އެމްޕޮކްސްގެ ކޭސް ފެނިފައިވެ އެވެ.

މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ލިމްފް ނޯޑްސް ދުޅަވުމާއި، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހި ނެގުން ހިމެނެ އެވެ. މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބައްޔެކެވެ. އަދި ބައެއް ހާލަތްތަކުގައި ގައިންގަޔަށް އަރާ ބައްޔެއްވެސް މެއެވެ. ނަމަވެސް، އެމްޕޮކްސް ބޮޑަށް ފެތުރެނީ ޖިންސީ ގުޅުމުގެ ޒަރީއާއިން ނެވެ.

އެމްޕޮކްސް ފިލިޕީންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ