މެލޭޝިއާއިން މަންކީ ޕޮކްސް ފެނިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މެލޭޝިއާ އިން މަންކީ ޕޮކްސްގެ އައު ކޭސްއެއް ފެނިއްޖެ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސް ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި އެމްޕޮކްސްގެ ކްލޭޑް 2 ވައްތަރުގެ އެމްއޯއެކްސް ވައިރަސްއަށް މީހަކު ފައްސިވެފައިވާ ކަމަށް އެނގިފައި ވެެއެވެ. މިނިސްޓްރީން ބުނާ ގޮތުގައި މިއީ މި ބަލީގެ ނުރައްކާތެރި ވެރިއަންޓެއް ނޫނެވެ.

މި ބަލި ޖެހުނު މީހާއަށް ބަލީގެ އަލާމާތްތައް ފެނުނީ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެވެ. މިނިސްޓްރީން ބުނާ ގޮތުގައި މި މީހާއަށް ހުން އައުމާއި، ކަރުތެރޭގައި ރިއްސުމާއި ކެއްސުމުގެ އަލާމާތްތައް ފެނުމަށްފަހު މުޅި ގައިގައި އޮށާޅަ ނެގުމުގެ އުނދަގޫތައް ކުރިމަތިވެފައި ވެއެވެ.

މިއީ މެލޭޝިއާއިން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފެނުނު މަންކީ ޕޮކްސްގެ 10 ވަނަ ކޭސް އެވެ. މިދިޔަ މަހު ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއްގެ ގޮތުގައި އިއުލާންކޮށްފަ އެވެ.

މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ލިމްފް ނޯޑްސް ދުޅަވުމާއި، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހި ނެގުން ހިމެނެ އެވެ. މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބައްޔެކެވެ. އަދި ބައެއް ހާލަތްތަކުގައި ގައިންގަޔަށް އަރާ ބައްޔެއްވެސް މެއެވެ. ނަމަވެސް، އެމްޕޮކްސް ބޮޑަށް ފެތުރެނީ ޖިންސީ ގުޅުމުގެ ޒަރީއާއިން ނެވެ.

 

އެމްޕޮކްސް މެލޭޝިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ