އިންޑިއާގައި މަންކީޕޮކްސްއަށް ޝައްކުކުރެވޭ ކޭސްއެއް ފެނިއްޖެ

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގައި މަންކީޕޮކްސްއަށް ޝައްކުކުރެވޭ ކޭސްއެއް ރިޕޯޓްކޮށްފި އެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މަންކީޕޮކްސްއަށް ޝައްކުކުރެވޭ ފިރިހެނެއް ވަނީ އެކަހެރިކޮށްފަ އެވެ.

މި ފިރިހެންމީހާއަކީ މަންކީޕޮކްސް ވައިރަސް ފެތުރިފައިވާ ގައުމަކުން އިންޑިއާއަށް ދަތުރުކުރި މީހެކެވެ. މިނިސްޓްރީން ބުނާ ގޮތުގައި މި ފިރިހެންމީހާގެ ހާލަތު ރަނގަޅެވެ. އަދި އިންޑިއާގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ތައްޔާރީ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

”މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަދޭ“ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. ނަމަވެސް، އިންޑިއާއިން ފެނުނު އެ މީހާ ފައްސިވީ ކަމަށް ޝައްކުކުރެވެނީ ކޮން ބާވަތެއްގެ ވޭރިއެންޓަކަށް ކަމަށް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ.

އިންޑިއާގައި 2022 އާއި މާޗް 2024 އާ ދެމެދު ކްލޭޑް 2 ގެ ނަންދީފައިވާ މަންކީޕޮކްސް ސްޓްރޭންއެއްގެ 30 ކޭސް ފެނިފައިވާކަން ފާހަގަކުރެވެ އެވެ.

މަންކީޕޮކްސް ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1958 ވަނަ އަހަރު ޑެންމާކުން، ދިރާސާ ކުރުމަށް ގެންގުޅޭ މަކުނުތަކުން ނެވެ. އިންސާނުންގެ ކިބައިން އެންމެެން ފުރަތަމަ ފެނުނީ 1970 ވަނަ އަހަރު އެވެ. ޑަބްލިޔުއެޗްއޯ އިން ވަނީ މަންކީޕޮކްސްގެ ނަން މިހާރު ”އެމްޕޮކްސް“ އަށް ބަދަލުކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއް ގޮތުގައި އިއުލާންކޮށްފައިވެ އެވެ. އެފްރިކާ ސެންޓާސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނާ ގޮތުގައި މި ވައިރަލް އިންފެކްޝަން ހަލުވިކަމާއެކު ފެތުރެމުންދަނީ ކޮންގޯއާއި ކައިރީގައިވާ އެހެން ގައުމުތަކަށެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އަހަރު ފެށުނު ފަހުން 17،500 އަށް ވުރެ ގިނަ އެމްޕޮކްސް ކޭސް އަދި 629 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ. މީގެ އިތުރުން، ޕާކިސްތާނާއި ފިލިޕީންސް އަދި ތައިލެންޑުން ވެސް މަންކީޕޮކްސް ކޭސްތައް ފެނިފައިވާކަން ފާހަގަކުރެވެ އެވެ.

އިންޑިއާ އެމްޕޮކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ