ރާއްޖެއިން މަކުނުވިދުރި ފެނުނުކަމަށް ބުނެ ދޮގު ހަބަރު ފެތުރި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުުވެއްޖެ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާފް ދުވަސް ކަމަށާއި، މި ދުވަހަކީ ހެޔޮ ކަންކަމަށް ގޮވާލާ، އަމަލުތައް ގިނަކުރަން ނަސޭހަތް ލިބިގެންވާ ދުވަސް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ނަމަވެސް މިފަދަ ދުވަހެއްގައި ރާއްޖެއިން މަކުނުވިދުރި ފެނުނު ކަމަށް ބުނެ ނޫހަކުން ދޮގު ހަބަރަކު ފަތުރަމުންދިޔުމަކީ ރައްޔިތުންގެ މެދުގައިި ނުތަނަވަސްކަން އުފެދިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ބެލުމަށް މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޮންލައިން ނިއުސް ދިޔަވަރުގައިވާގޮތުން ހުޅުމާލެއިން ވަނީ މަކުނުވިދުރީގެ ކޭސްތަކެއް ފެނިފަ އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
”މިއަދުގެ ނިޔަލަށް (13 ސެޕްޓެމްބަރު) ރާއްޖެއިން އެމްޕޮކްސްގެ ކޭހެއް ރިކޯޑް ކުރެވިފައެއް ނުވޭ“ އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެ އެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖޭގައި އެމްޕޮކްސް އަށް ޓެސްޓު ކުރަން ބޭނުންވާ ޓެސްޓު ކިޓްތައް ޑަބްލިއުއެޗްއޯއިން ވަނީ ދާދި ފަހުން ހަވާލުކޮށްފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެމްޕޮކްސް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް



