އާސަންދައިން ފައިދާއެއް ނުކުރި، ފެންނަނީ ވައްކަން ކުރާތަން: ސިޔާމް

Advertisement

އެންމެ ފަސް

Advertisement

އާސަންދައިން ފައިދާއެއް ނުކުރި ކަމަށާއި ފެންނަނީ ވައްކަން ކުރާތަން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިއްހީ ހިދުމަތުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ މިދިޔަ 30 ވަރަކަށް އަހަރު ސިއްހީ ދާއިރާ އޮތީ އެއްކޮށް ފެއިލް ވެފައިވާ ކަމަށެވެ. އަދި މިއަދުވެސް ސިއްހީ ދާއިރާ އޮތީ ފެއިލްވެފައި ކަމަށް ވިދާޅުވި އެވެ.

ރަނގަޅު ފެންވަރުގެ ހެލްތް ކެއާ ދިވެހި ރައްޔިތުންނަށް ނުލިބޭކަން ފާހަގަކޮށް ސިޔާމް ވިދާޅުވީ ބޮޑެތި އިމާރާތްތައް ހުރިނަމަވެސް ރަނގަޅު ބޭހާއި ވަސީލަތްތައް އަދި ޑޮކްޓަރުން ނުތިބޭ ކަމަށެވެ. ބަލިވެގެން ރަށްރަށުން އަންނަ މީހާ ހޮސްޕިޓަލަށް ދިއުމުން ވަނީ އިތުރަށް ބަލި ކަމަށާއި ބަލި ރަނގަޅު ނުވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

މީގެއިތުރުުން ސިޔާމް ވިދާޅުވީ ރާއްޖޭގައި އާސަންދަ ދެނީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށްޓަކައިކަމަށެވެ. ނަމަވެސް ވިދާޅުވީ އާސަންދަ ދިނުމަކުންވެސް އެއްވެސް ފައިދާއެއް ނުކުރި ކަމަށާއި އޭގެންވެސް އެތައްބަޔަކު ވައްކަން ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އާސަންދަ މީދޫ ދާއިރާގެ މެމްބަރު ޝިޔާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ