ރާއްޖެއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސް އެދިވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެދިވަޑައިގަތީ އީރާނުގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެގައުމުގެ ރައީސްކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މަސްއޫދު ޕެޒެޝްކިއާންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖް ގައެވެ.

އެކްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި އީރާނުގެ އިންތިހާބީ ރައީސްގެ ލީޑަރޝިޕްގައި ރާއްޖެއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިހާބީ ރައީސް ޕެޒެޝްކިއާންގެ ދައުރުގައި އީރާނަށާއި އެ ސަރަހައްދަށް ކުރިއެރުމާއި ތަނަވަސްކަމުގެ އިތުރުން ސުލްހަ މަސަލަސްކަން ގާއިމުކުރެއްވުމަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

ރާއްޖެ - އިރާން އިރާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ