ފްލޮޓިލާގެ އެންމެ ފަހު އުޅަނދަށް އިސްރާއީލުން އަރައިގަނެ، އޭގައި ތިބި މީހުން ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަސައްކަތްކުރި ގްލޯބަލް ސުމޫދު ފްލޮޓިލާގެ އެންމެ ފަހު އުޅަނދުވެސް އިސްރާއީލް ސިފައިން ހިފަހައްޓައި، އެ އުޅަނދުގައި ތިބި ފަޅުވެރިން ހައްޔަރުކޮށްފި އެވެ.

ޕޯލެންޑްގެ ދިދަ ނަގާފައިވާ މެރިނެޓް އުޅަނދަށް އިސްރާއީލް ސިފައިން އަރައިގަތީ ހުކުރު ދުވަހުގެ ހެނދުނު އެވެ. މި އުޅަނދަކީ ކުރިން 44 އުޅަނދު އެކުލެވޭ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އެންމެ ފަހު އުޅަނދެވެ. އުޅަނދުގައި 6 ފަޅުވެރިން ތިބިކަމަށް ވަނީ ބުނެފަ އެވެ.

އިންޓަނޭޝަނަލް ކޮމިޓީ ޓު ބްރޭކް ދަ ސީޖް އޮފް ގާޒާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިސްރާއީލް ސިފައިން ހައްޔަރުކުރި ގިނަ އެކްޓިވިސްޓުން ވަނީ ”ހައްޔަރުކުރި ވަގުތުން ފެށިގެން މުއްދަތެއް ނެތް މުއްދަތަކަށް ކެއުން ހުއްޓާލާފައި“ ކަމަށެވެ.

އިސްރާއީލްގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، ފްލޮޓިލާގައި ބައިވެރިވި 4 އިޓަލީ ރައްޔިތުން ވަނީ ޑިޕޯޓްކޮށްފަ އެވެ. އަދި އެހެން އެކްޓިވިސްޓުން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ އިސްރާއީލްގެ އެދުމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މިހާތަނަށް ހައްޔަރުކުރެވުނު 461 އެކްޓިވިސްޓުން ތިބީ ”ރައްކާތެރިކަމާއެކު ރަނގަޅު ހާލުގައި“ ކަމަށް އިސްރާއީލުން ބުނެފައިވެ އެވެ. ނަމަވެސް ގްލޯބަލް ސުމޫދު ފްލޮޓިލާއިން ވަނީ އެ މީހުންގެ އެކްޓިވިސްޓުން ވަގުތުން ދޫކޮށްލުމަށް އިސްރާއީލަށް ގޮވާލާފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއީ ފަލަސްތީނުގެ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މިހާތަނަށް ހިންގި އެންމެ ބޮޑު ކަނޑުގެ އެހީގެ މިޝަން ކަމަށްވުމެވެ. އަދި އިސްރާއީލުން މި އުޅަނދުތައް ހިފެހެއްޓުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ފެށި، ގިނަ ފަރާތްތަކުން މިކަން ވަނީ ކުށްވެރިކޮށްފަ އެވެ.

ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ